ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ބިންގަލާއަކީ، ވިޔަފާރި އުޞޫލުން ވަރަށް ގިނަ ޚިދްމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި އެކެވެ. މީގެ ތެރޭގައި، ތަފާތު ސައިޒުތަކުގެ ސިމެންތި ގައު އަޅައި ވިއްކުމާއި، ރޭނުމާއި އިމާރާތް ކުރުން ފަދަ އުފެއްދުންތެރިކަމާއި އިމާރާތް ކުރުން ފަދަ މަސައްކަތްތައް ވެސް ހިމެނެ އެވެ.
މި ވިޔަފާރީގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަނެއް ވިޔަފާރި އަކީ، ދަ ނަސީރު ކޮންސަލްޓެންސީ ސަރވިސް އެވެ. އެއީ އޮފީސް މެނޭޖްމަންޓާއި، ޕްރޮޖެކްޓް މެނޭޖްމަންޓާއި، ކައުންސިލް މެނޭޖްމަންޓާއި، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ކޮންސަލްޓެންސީ ދިނުމުގެ އިތުރުން، ސްޓްރެޓެޖިކް ޕްލޭންތައް ރާވައިދިނުމާއި އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވާރކްޝޮޕްތައް ހިންގުމާބެހޭ ޚިދްމަތްތައް ވެސް ވިޔަފާރި އުޞޫލުން އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ވިޔަފާރި އެކެވެ.
މިވަގުތު މި ވަޒީފާދޭ ފަރާތުގައި ހުޅުވާލެވިފައިވާ ވަޒީފާގެ އެއްވެސް ފުރުޞަތެއް ނެތް.