ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
އަޅުގަނޑުގެ ވިޔަފާރި "ދަ ގިފްޓ ބާސްކެޓް މޯލްޑިވްސް" ހިގަނީ ސެލްމިން އެނިމޭޝަން ސްޓޫޑިއޯގެ ދަށުން. ގިފްޓް ބާސްކްޓް މޯލްޑިވްސްއަކީ ތަފާތު އެކިކަހަލަ އަތްތެރި މަސައްކަތްތަކެއް ކުރާ ވިޔަފާރިއެއް. މިގޮތުން ކުޑަކުދިންގެ ބޭބީ މޮބައިލްސް، އެކިހަކަލަ ބާލީސް، ޑޯލްސް، ބަނީސް އަކީ އަޅުގަނޑުގެ ބައެއް އުފެއްދުންތަޝް. މި ދާއިރާގައި 2022 ގައި އަޅުގަނޑަށް ވަނީ ބައިނަލް އަގުވާމީ އެވޯޑްއެއްވެސް ޙާސިލްކުރެވިފައި އިންޝާﷲ. ބަންގްލަދޭޝް އިންޑިޔާ ބިޒްނަސް ކައުންސިލް އަދި ވިމަންސް އިންޑިއަން ޗްމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ އިން ދެއްވި މި އެވޯޑަކީ ޔަންގް އިނޮވޭޓަރސް ކްރިއޭޓިންގ އަ ބެޓާރ ވޯލްޑްގެ ނަމުގައި އަޅުގަނޑަށް ދެއްވި އެވޯޑްއެއް. 2019 ގައި އަޅުގަނޑު މި ވިޔަފާރި ފެށީ އަމިއްލަ އަށް އިންސޮމްނިއާ އަށް ފަރުވާ ހޯދުމުގެ ގޮތުން. އިރާދަކުރައްވައިގެން މިދިޔަ 5 އަހަރު ތެރޭގައި އަޅުގަނޑުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާކުރެވި މުޅި ރާއްޖޭގައިވެސް އަޅުގަނޑުގެ ޕްރޮޑަކްޓްސް އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވެން ފެށިފައި.
މިވަގުތު މި ވަޒީފާދޭ ފަރާތުގައި ހުޅުވާލެވިފައިވާ ވަޒީފާގެ އެއްވެސް ފުރުޞަތެއް ނެތް.