ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

Secretariat of the Funadhoo Council, North Miladhunmadulu
Secretariat of the Funadhoo Council, North Miladhunmadulu
Sh.Funadhoo Council
Sh. Funadhoo
6540052
info@funadhoo.gov.mv
About Us

މިލަދުންމަޑުލު އުތުރުބުރީ (ށ) ފުނަދޫއަކީ   އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ރަށެކެވެ. މިރަށް އޮންނަނީ އުތުރުން “53  ‘8 ‘6 ، ހުޅަނގުން “26 ’12 ’73 ގައެވެ. ރަށުގެ ދިނުމިނަކީ 2350 މީޓަރ އަދި ފުޅާމިނަކީ 450 މީޓަރެވެ. ހިކިފަސްތަނުގެ ބޮޑުމިނަކީ 124 ހެކްޓަރެވެ. ފުނަދުއަށް ކުރިން ކިޔަމުން އައި ނަމަކީ “ފަރުކޮޅުފުނަދޫ” އެވެ. “ފުނަދޫ” މިނަމަށް ބަދަލުވެފައިވަނީ 12 މާޗް 1995ގައެވެ. އަތޮޅުގެ މަރުކަޒީ ރަށް “ފުނަދޫ” އާއި، ވެރިރަށް މާލެއާއި ދެމެދު ހުންނަނީ 123 މޭލެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށްގެންދެވި އާބާދީއާއި، ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ކުދި އާބާދީތައް އޭރުގެ ބަހުރުވައިންނަމަ ހުކުރު ހަމަނުވާ އާބާދީތައް ބިންބޮޑު ލަފާފުރަން ފަސޭހަ ރަށްރަށަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ށ. އަތޮޅުގައި ދިރިއުޅެމުން ދިޔަ މިފަދަ ކުދި އާބާދީތައް ފަރުކޮޅުފުނަދުއަށް ބަދަލުކުރުމަށް ނިންމަވައި ޅައިމަގުގައި އޭރު ހިންގަމުންދިޔަ ށ.އަތޮޅުއޮފީސް 1 ޖެނުއަރީ 1968 ވީ  ހޯމަ  ދުވަހު މިރަށަށް ބަދަލުކުރެއްވިއެވެ. މިއީ ފަރުކޮޅުފުނަދޫ އާބާދުކުރެއްވުމަށް އެންމެފުރަތަމަ ދިވެހި ސަރުކާރުން އެޅުއްވެވި ބިންގަލެވެ. އެއަށްފަހު ފަރުކޮޅުފުނަދުއަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގައި ރަށްގިރުމާއި، މިނިއާލާނުވުމުގެ ހިތްދަތި ކަމުގައި ދިރިއުޅެމުންދިޔަ ނ. ބޮމަސްދޫ މީހުން އެރަށަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި ދެންނެވިއެވެ. އެއަހަރުގެ ތެރޭގައި ސަރުކާރުން ނ. ބޮމަސްދޫ މީހުން ފަރުކޮޅުފުނަދުއަށް ބަދަލުކުރުމަށް ހަމަޖައްސައިވައި 1970ވަނަ އަހަރުގެ މާޗް މަހުގެ 3 ވީ އަންގާރަ ދުވަހު ބޮމަސްދޫގެ 3 ޢާއިލާއެއް އެރަށުގައި ވަޒަންވެރިކުރެވުނެވެ. އެރަށުގެ 36 ގޭގައި  ދިރިއުޅެމުންދިޔަ 180 މީހުން ފަރުކޮޅުފުނަދުއަށް ބަދަލުކޮށް ނިމިފައިވަނީ 1973ވަނަ އަހަރުގެ ތެރޭގައެވެ. ފުނަދޫގައި ދިރިއުޅޭ އެންމެ ދުވަސްވީ މީހުންގެ ވާހަކަތަކަށް ބަލާއިރު ފުނަދުއަކީ ވަރަށް ދުރު މާޟީއެއް އޮތް ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެފައިވާ ރަށެކެވެ. ތުންތުންމަތީން ދައްކާވާހަކަތަކަށް ބަލާއިރު ފުނަދުއަކީ ވަރަށްކުރިންސުރެ މީހުން ވަޒަންވެރިވެ ދިރިއުޅެފައިވާ ރަށެކެވެ. ފަރުކޮޅުފުނަދޫ ފަޅުވުމަށްފަހު އަތޮޅުގެ އެކި ރަށްރަށުން މީހުން އައިސް ދިގުމުއްދަތެއްގައި ދަނޑުވެރިކަން ކުރަމުންގޮސްފައިވެއެވެ. މިގޮތުން ޅައިމަގާއި، ފިރުބައިދޫ، ބިލެތްފަހި މީހުން އެކިފަހަރުމަތިން ބިންބިއާއި، ކުދިބަތް، ދޮނަޅަ،ކަރާފަދަ ތަކެތި ހައްދާފައިވެއެވެ. އަދި ދަނޑުވެރިކަން ކުރުމުގެ މަސައްކަތުގައި އުޅުނުއިރު ފަރުކޮޅުފުނަދޫގައި އުފަންވެފައިވާ މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.  މިރަށަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން އެކި ރަށްރަށުން މީހުން އާބާދުކުރެވިފައިވާ ރަށެކެވެ. އެގޮތުން ފިރުނބައިދޫން ފުރަތަމަ ފިޔަވަހީގައި ބަދަލުވި 26 ޢާއިލާ ފުނަދުއާށް ހިޖުރަކޮށްފައިވަނީ 1 ޑިސެމްބަރ 1997ގައެވެ. އަދި 4 ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މިމަޝްރޫޢު 11 އޯގަސްޓް 2004ގައި ނިންމައި ފިރުނބައިދޫ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވީ 19 އޯގަސްޓް 2004 ގައެވެ. އަދި އެމަޝްރޫޢުގެ ތެރެއިން ށ.މާކަނޑޫދޫން ފުނަދުއަށް ބަދަލުވާން އެދުނު 130 މީހުންވެސް އެ އިނާޔަތްތަކާއެކު ބަދަލުކުރެވުނެވެ. ހައުންސިންގ މިނިސްޓްރީން ނަމޫނާ މަޝްރޫޢުގެ ގޮތުގައި ފުނަދޫގައި ޢިމާރާތްކޮށްދެއްވި 24 ގެއަށް ނޫމަރާއިން 24 ޢާއިލާ ބަދަލުކުރައްވާފައިވަނީ 25 ޖެނުއަރީ 2006ގައެވެ. އަދި ސުނާމީ ކާރިސާއާ ގުޅިގެން ރެޑްކްރޮސް ސޮސައިޓީ އޮފް ޗައިނާ އާއި، ޗައިނާ ޗެރިޓީ ފެޑެރޭޝަންގެ އެހީގައި ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 66 ގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު 18 ޑިސެމްބަރ 2005 ވީ އާދިއްތަ ދުވަހު ބާއްވައި، ގެތައް ނިމި ރަސްމީކޮށް ދިވެހިސަރުކާރާ ޙަވާލުކުރެއްވީ 9 އޭޕްރީލް 2008ގައެވެ. އެއަށްފަހު އެގެތަކަށް ބަދަލުވާން ބޭނުންވާ ށ.އަތޮޅުގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލުމުން ށ.ފޭދޫއިން 6 މީހުން، ކޮމަންޑޫން 18 މީހުން، މަރޮށި 8 މީހުން، މާއުނގޫދޫ 42 މީހުން، ޅައިމަގު 5 މީހުން، އަދި ނޫމަރާއިން ކުރިން ބަދަލުވި 24 ގޭގެ މީހުންނާއެކު ޖުމްލަ 271 މީހުން ބަދަލުވެފައިވެއެވެ.
More Information

Employer Type
ސަރުކާރު
ލިބެންހުންނަ ވަޒީގެ ބާވަތްތައް
  • ފުލްޓައިމް
  • ޕާރޓްޓައިމް
  • އިންޓަރން
  • ކޮންޓްރެކްޓް

Secretariat of the Funadhoo Council, North Miladhunmadulu's Latest Jobs

No jobs found.

This employer has no active job opportunities at the moment.

މިއާ ގުޅޭ އެމްޕްލޯޔަރުން
އެމްޕްލޯޔަރ ލޯގޯ
Test

Not specified

އެމްޕްލޯޔަރ ލޯގޯ
Demo Business

Male' City, Hulhumale'

އެމްޕްލޯޔަރ ލޯގޯ
ގއ. ދާންދޫ ޞިއްޙީ މަރުކަޒު

ބުނެފައެއް ނެތް