An official website of the Maldives government.

Links to official Maldives websites end with .gov.mv

All links to official websites of government agencies in the Republic of Maldives end with .gov.mv.

Government websites use the HTTPS protocol for encryption and security.

Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.

MyCareer

Zenith Zed Collection
Zenith Zed Collection
MUBEYLY VILLA
Addu City, Feydhoo
7981833
zhawwa@gmail.com
http://zenithzedcollectoin
About Us

އައްސަލާމް އަލައިކުމް،

                     އަޅުގަނޑު ޙައްވާ ޒާހިރާ، މުބޭލީ ވިލާ، ސ.ފޭދޫ   16 މާރިޗް 2017 ގައި އައްޑޫ ސިޓީ އ.ތ.މ ކޮމިޓީ އިން ބްރައިޑަލް ބޮކޭ ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވެފައި އެކޯހުން ލިބުނު ތަޖުރިބާގެ މައްޗައް މިއަދާއި ހަމައަށްވެސް އާމްދަނީ ހޯދުމަށް އެމަސައްކަތް ކުރާ މީހަކީމެވެ.

                   އަޅުގަނޑު  މިމަސައްކަތް ކުރަނީ އައްޑޫ އިން ލިބެން ހުންނަ މާތައް ބޭނުން ކޮށްގެންނެވެ. އަޅުގަނޑުގެ މިމަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރާ ތަޢުރީފުގެ އަޑު އިވުނީމަ ވަރަށް އުފާވޭ . އެހެންކަމުން މިކަމުގައި ދެމި ހުންނަށް އިތުރު ހިތްވަރެއް ލިބެއެވެ. އެހެންކަމުން  މިމަސައްކަތް ކުރިޔަށް ދިއުމުގައި ޒެނިތު ޒެޑްސް ފްލާވާރސް ގެ ފޭސް ބުކް ބޭޖެއް 8 ފެބްރުއަރީ 2017 ގައި ހަދާފައި ތައްޔާރު ކުރާ ހުރިހާ މަސައްކަތެއްވެސް މިއަދާއި ހަމައަށްވެސް ފޭސް ބުކް ޕޭޖްގައި ޕްސްޓް ކުރަމުން ދަމެވެ. އެޕޭޖް ބެލީމަވެސް ފެންނާނެ މިކަމުގަ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަން މަސައްކަތްކޮށްފައިވާނެ ކަން. އެޕޭޖް ބަލާފަ އެންމެ ގިނައިން އޯޑަރތައް ލިބެނީ .އަޅުގަނޑަށް ލިބޭ އޯޑަރ ތަކުގެ ތެރޭގައި ޤައުމުގެ ރައީސުނ ްއަދި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ސްކޫލްތަކުގެ ގްރެޖުއޭޓްވާ ދަރިވަރުންނަށްވެސް ބޮކޭތަކުގެ އޯޑަރުތައްވެސް ލިބެއެވެ. އަދި އެކިއެކި ޙަފްލާތަކުގެ ޕޯޑިއަމް، ސެންޓާރ ޓޭބަލް ތައްޔާރު ކުރަންވެސް ލިބެއެވެ. 

                  އަޅުގަނޑުގެ އުއްމީދަކީ މިގްރާންޓް އަޅުގަނޑަށް ލިބިއްޖިއްޔާ މިމަސައްކަތް އިތުރަށް ފުޅާކޮށް މިކަމުން ނަފާލިބި މިސިޓީގައި އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ހިތަދޫގައި މަލުގެ ވިޔަފާރި ކުރާތަނެއް އަދި ބޮކޭ ތައްޔާރުކުރާ ތަނެއްވެސް ހުޅުވުމުމެވެ. ސަބަބަކީ މިމަސައްކަތް އަދި މިސިޓީގަމިހާ ފުޅާދާއިރާއެއްގައި  ކުރަނީ އަޅުގަނޑު އެކަނި ކަމަށްވާތީ  އާބާދީ ބޮޑުތަނަކަށް މިވިޔަފާރި ގެންދެވިއޖިއްޔާ އަޅުގަނޑު ހަމަ އިސްކޮޅަށް ތެދުވެ އެހެން ދެތިން އަންހެނަކުވެސް މިވިޔަފާރިއަށް ވައްދާ އެމީހުންނަށް ވެސް މަންފާ ލިބުމެވެ. 

                  އަޅުގަނޑަކީ ކަޕްކޭކް ވިޔަފާރި މީގެ 26 އަހަރު ކުރިން ފުޅާ ދާއިރާއެއްގައިވެސް މިމަަސަކަތް ކުރިމީހަކީމެވެ.  އަދި މިހާރުވެސް މިމަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޘަޤާފީ ހެދުންވެސް ކުއްޔަށް ދޫކުރަމެވެ. މިއީވެސް އައްޑޫގައި އަލަށް ކުރާ ވިޔަފާރިއެކެވެ. އެހެން ކަމުން ބީސީސީ އާއި ގުޅިގެން 2022 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސް އާއި އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ މި ތިން ވިޔަފާރިއަށް ޒެނިތް ޒެޑް ކަލެކްޝަން ގެނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރު ތިޔަ މިނިސްޓްރީ އިން ކުދި ވިޔަފާރިއަށް ގްރާންޓް ދޫކުރާ ޙަބަރު ލިބި އެގްރާންޓް ހޯދުމަށް ބެންކްގެ ޒެނިތް ޒެޑް ކަލެކްޝަން ކިޔާ އެކައުންޓެއްވެސް ވަނީ ހުޅުވާފައެވެ. 

                   އަޅުގަނޑަކީ ކުދި ވިޔަފާރިކޮށް އާމްދަނީ އިތުރު ކުރަން ޒާމާންތަކެއް ވަންދެން މަސައްކަތް ކޮށްފަ ހުރި މީހަކަށް ވާތީ ތިޔަ މިނިސްޓްރީ އިން ތި ދެއްވާ މީރީ ގްރާންޓްގެ 100،000.00 (އެއްލަކަ)ރ ލިބޭނެ ގޮތް ވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އިތުރަށް އަޅުގަނޑުގެ މިމަސައްކަތައް ލިބޭނެ ކުރިއެރުމެއް ކަމަށް ދެކެމެވެ. އަދި އަޅުގަނޑުވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމަންޓާއި ބިޒްނަސް ސެންޓާރ ކޯޕަރޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ އެންޓާރޕްރިނިއަރޝިޕް ޓްރޭނިންގް ޕްރޮގްރާމް ގައި ބައިވެރިވެ ފުރިހަމަކޮށްފައިވާ މީހަކީމެވެ. 

 

ގޮންޖެހުން 

  •  މިމަސައްކަތަކީ ފުދޭވަރަކަށް ކަވި މަސައްކަތަކަށް ވާތީ އައްޑޫ އިން މިމަަސައްކަތައް ބޭނުންވާ ސާމާން ނުލިބުން. 
  • އަޅުގަނޑު މިމަސައްކަތް ކުރާއިރުގައި ހިސާބުތައް ބަލަހައްޓަނީ އަތުލިޔުމުން ފޮތެއްގައެވެ. 
  • ޕްރިންޓް ކޮށްގެން ޓެގް ހަރު ކުރަންވެސް ކޮމްޕިއުޓާރ ސިސްޓަމް އެއް  ނެތުމަކީ ލިބޭ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
  • މިގްރާންޓުން ކޮންޕިއުޓާ ސިސްޓަމް ގެ ކޯޓޭޝަން ހުށަހަޅާފައިވާނެއެވެ. އެސިސްޓަމަކީ އަޅުގަނޑަށް މިކަމުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. 
  • އައްޑޫ އިން ތާޒާ ފްރެޝް މާތައް ނުލިބުމުން މާލޭކޮޅުން މިމާތައް ގެންނަން ޖެހުމުން ވަރަށް ބޮޑު ޚަރަދުތައް ކުރަން ޖެހުން.
  • ބޭނުންވާ ކަހަލަ ޕްލާސްޓިކް މާތައް ގަނޑުކޮށް ގަނެފައި ނެތުމުން ދަތިތަކާއި ކުރިމަތިވޭ. އެހެން ކަމުން ޕްލާސްޓިކް މަލުގެ ކޯޓޭޝަންވެސް ފޮނުވީމެވެ.
  • ބޮކޭތައް ރެޑީކޮށްފަ އެކިއެކި ސައިޒުގެ ބޮކޭ ފެންނަ ގޮތައް ބެހެއްޓުމަކީ ވިޔަފާރިއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ދެކި ބިއްލޫރި ޝޯކޭހުގެ ކޯޓޭޝަނެއް ވެސް ފޮނުވީމެވެ. 

ޓާރގެޓް 

  • އަޅުގަނޑުގެ ޓާރގެޓްއަކީ މުޅި އައްޑޫ އަދި ފުއައްމުލައް ސިޓީ އިން ލިބޭ އޯޑަރުތައް އަޅުގަނޑަށް ލިބި މިވިޔަފާރި ފުޅާވެ އިތުރު ދެތިން އަންހެނަކަށް މިފުރުސަތުދީ މިމަސައްކަތައް ނެރުން . 
  • އަޅުގަނޑު މީގެ ކުރިންވެސް ފޭދޫ  ސްކޫލުގެ ޙާއްސަ އެހީއަށް ބޭނުންވާ 4  ކުދިންނަށް މިމަސައްކަތް ދަސްކޮށްދީފަ ހުންނާނެ އެވެ. އެހެންކަމުން ކުރިއަށްއޮތްތާވެސް މިމަސަކަތް ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިމަސައްކަތް ދަސްދޭންކޮށް ބޭނުންވެއެވެ.  
  • އަޅުގަނޑުގެ އެދުމަކީ ރާއްޖެއިން ބޭރުން ފްރެޝްމާ ގެނެސް ރަށުން ހެޔޮއަގުގައި އެހެން މީހުންނަށްވެސް ލިބުން. 
More Information

Employer Type
Business
Employment Types
  • Part-Time
Skills Required
  • Handicraft skills

Zenith Zed Collection's Latest Jobs

No jobs found.

This employer has no active job opportunities at the moment.

Similar Employers
Employer Logo
Test

Not specified

Employer Logo
Demo Business

Male' City, Hulhumale'

Employer Logo
Gaafu Alifu Dhaandhoo Health Centre

Not specified