ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
7 މޭ 2025
ނިމުން ތާރީޚް
13 މޭ 2025
މުސާރަ
ރުފިޔާ 5,020+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 5,020+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ސަރވިސް އެލަވަންސް މަހަކު 1,500 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާއިގެ %35 (1757ރ)
ސިވިލް ސަރވިސްގ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ވަޒީފާގެ ތަފްސީލް

ރިސެޕްޝަންގެ މަސައްކަތްތައް ރާވައި މުވައްޒަފުގެ މަސައްކަތް މޮނިޓަރ ކުރުން.
ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމަތު ސެކްޝަންތަކުން ހޯދުމާއި، އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ ބެލެހެއްޓުން
މިނިސްޓްރީ އަދި އެން.ސީ.އޭއިން އަންގާ އެންގުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
އެން.ސީ.އޭގެ ދަށުން ހިންގާ ހުރިހާ އިމާރާތްތައް ސާފްކޮށް ބެލެހެއްޓުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގާ ބަލެހެއްޓުން
އެން.ސީއޭގެ ސްޓޮކަށް ބޭނުންވާ ތަކެތި ހުސްނުވާނެގޮތަށް ހޯދުމުގެ މަސައްކަތް ކުރުން
އޮފީހުން ތައްޔާރުކުރަންޖެހޭ އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހޭ ހާލަތްތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު އޮފީސް ހުޅުވާ ލެއްޕުން.
ސެކްޝަނުން ފޮނުވާ ސިޓީ، މެމޯ ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން
ރާއްޖޭގައި ފިލްމާއި އިސްތިހާރު ނެގުމުގެ ހުއްދަ ދޫކުރުން.
ރާއްޖޭގައި އުފައްދާ ބޭންޑްތައް ރަޖިސްޓްރީކޮށް ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރުން.
ރާއްޖޭން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ޑޮކިއުމެންޓްރީ، ފީޗަރ ފިލްމް އަދި އިސްތިހާރު ވީޑިއޯ ކުރުމަށް ހުއްދަ ދޫކުރުން.
ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ޔުނިޓްގެ މުވައްޒަފު ސަލާމުގެ ޗުއްޓީ ނަގައިފިނަމަ އެ މުވައްޒަފެއްގެ މަސައްކަތްތަކާއި ހަވާލުވުމާއި އެ މަސައްކަތްކުރުން

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
1 އަހަރު
އެންމެ ދަށް ކޮލިފިކޭޝަން
އޯލެވެލް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ގެޒެޓުން އެޕްލައި ކުރެއްވުން އެދެމެވެ
  • https://www.gazette.gov.mv/iulaan/339681

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Business Administration and Law