ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
1. ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ޕްލޭނެއް އެކުލަވައިލުން.
2. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން.
3. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން.
4. ޕްރޮޖެކްޓްގައި ހިނގަމުންދާ މަސައްކަތްތަކާއި ލިޔެކިއުންތައް ރިކޯޑުކޮށް ބެލެހެއްޓުން.
5. ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ޙައްލު ހޯދުން.
6. ހުރިހާ ރިޕޯޓުތައް އަޕްޑޭޓްކޯށް ކަނޑައެޅިފައިވާ ޓައިމްލައިންގައި ބެލެހެއްޓުން.
7. ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާއި ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން.
8. މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން.
9. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން.
10. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން.
11. ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން.
12. ޑިޕާޓުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމާއެކު ސީނިއަރ މެނޭޖްމަންޓުން ހަވާލުކުރާ ކަންކަން، އިރުޝާދާ އެއްގޮތަށް ކުރުން.
13. މި ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ކަންކަމެއްގައި، ކޯޕަރޭޝަންގެ އެހެން ޑިޕާޓްމަންޓް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.