ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ނަންބަރު: 23(IUL)462/HR/1/2026/
ވަޒީފާގެ ފުރުޞަތު
މަޤާމު:
އެސިސްޓެންޓް ޑިރެކްޓަރ - ރިސަރޗް
ރޭންކް:
އެމް.އެސް-3
ބޭނުންވާ އަދަދު:
1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ
އަސާސީ މުސާރަ:
މަހަކު 7,700.00/- ރުފިޔާ
ލިވިންގ އެލަވަންސް:
މަހަކު 4,000.00/- ރުފިޔާ
ނޮންޕްރެކްޓިސް އެލަވަންސް:
އަސާސީ މުސާރައިގެ %45 (3,465.00/- ރުފިޔާ)
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
· ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސައްކަތް
1. ކޮމިޝަނުން ހަދަންބޭނުންވާ ދިރާސާތައް ހެދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
2. ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިނގަމުންދޭތޯ ކަށަވަރުކުރުމަށް ތަފާސް ހިސާބު އެއްކޮށް ކޮމިޝަނަށް ހުށަހަޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
3. ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކޮށް އެކަށީގެންވާ ނަތީޖާއެއް ނެރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
4. ކޮމިޝަނުގެ ސްޓެރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެފަދަ ބަދަލުތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
5. ކޮމިޝަނުން ދިރާސާ ކުރަން ބޭނުންވާ ދާއިރާތައް ދެނެގަނެ، ދިރާސާކުރާ ފަރާތްތަކާ ގުޅިގެން އެ ދާއިރާތަކުގެ ރިސަރޗްތައް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
6. ކޮމިޝަނުގެ ދަތުރު ތަކުގައި ބައިވެރިވުން
7. ވަޒީފާގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
މަޤާމުގެ އަސާސީ ޝަރުތު:
1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، އިދާރީ ދާއިރާއަކުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، އިދާރީ ދާއިރާއަކުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއެކު، އިދާރީ ދާއިރާއަކުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ގުޅޭ ތައުލީމީ ދާއިރާތައް:
· އެޑްމިނިސްޓްރޭޝަން
· މެނޭޖްމަންޓް
· ސްޓެޓިސްޓިކްސް
· ސޯޝަލް ސައިންސް/ ސޯޝިއޮލޮޖީ/ ސޯޝަލް ވަރކް/ ސޯޝަލް ޑިވެލޮޕްމަންޓް
· ޑޭޓާ ސައިންސް
· އެޑިއުކޭޝަން، ރިސަރޗް މެތަޑްސް، ޑިވެލޮޕްމަންޓް ސްޓަޑީސް
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ވެބްސައިޓް: https://nic.gov.mv))
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
4. ސަރުކާރަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތު (އަހަރާއި، މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ދިވެހިރާއްޖޭގައި ހިންގާ ރިޒޯޓުތަކާއި އެ ރިޒޯޓުތަކުގެ މައި އޮފީހުން ދޫކޮށްފައި ހުންނަ ތަޖުރިބާ އަންގައިދޭ ލިޔުންތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި، މަހާއި، ދުވަސް) އެނގޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
ޝޯޓްލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ 2026 މެއި މަހުގެ 10 -21 އާ ދެމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއާއި އިމްތިޙާން އަދި ޕްރެޒެންޓޭޝަނަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 29 ވާ ބުދ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (admin@nic.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމައެވެ. ސުންގަޑީގެ ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
1. މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެ މީހަކު މަސައްކަތް ކުރި ގޮތާއި މަސައްކަތުގެ އަޚްލާޤާ ގުޅޭގޮތުން ރިފޯޓެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒެއް ނުކުރާނަމައެވެ.
2. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3001343 ނަންބަރު ފޯނާއެވެ. އަދި، މިކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު އަދި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ވެބްސައިޓް https://nic.gov.mv/dv/downloads އިން ލިބެން ހުންނާނެއެވެ.
3. މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާތައް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (ދެވަނަ އިޞްލާޙު) ގައި ބަޔާންކޮށްފައިވާނެއެވެ.
3 ޛުލްޤައިދާ 1447
21 އޭޕްރީލް 2026