ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
އެސިސްޓެންޓް ޕްރޮޑިއުސަރ
ސެކްޝަން/ޑިވިޜަން:
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
ބޭނުންވާ ޢަދަދު:
01 (އެކެއް)
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް (1 އަހަރު)، ޕާފޯމަންސްއަށް ބެލުމައްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެ
ވަޒީފާ އަދާކުރަންޖެހޭ ތަން:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް
މަޤާމުގެ ޝަރުތުތައް:
އޭލެވެލް ނުވަތަ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އަދި 02 އަހަރު ދުވަހުގެ ދާއިރާއާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
ބީސީސީއިން އުފައްދާ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީ އާއި އެނޫންވެސް ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓު ތައްޔާރުކުރުމާއި ވީޑިއޯ އެޑިޓިން ފަދަ ޓެކްނިކަލް މަސައްކަތް ޤަވާއިދުތަކާއި އެޑިޓޯރިއަލް ޕޮލިސީއާއި އެއްގޮތަށް ކުރުމެވެ.
މުސާރަ:
11،000.00 ރުފިޔާ
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 11 އޭޕްރިލް 2023 ގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްjobs@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.