ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
· ހަވާލު ކުރެވިފައިވާ އުޅަނދުގެ އެންމެހާ ކަންކަން ބެލެހެއްޓުން
· އުޅަނދުގެ ކޮންޑިޝަން ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ދަށުގައިތިބޭ މުވައްޒަފުންނަށް ބުނެދީ ދުވަހުން ދުވަހަށް ކުރުން.
· އުޅަނދުގައި ކުރާ ދަތުރު ތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
· ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއު ހަމައަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
· މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކާ އެއްގޮތައް މަސައްކަތްކުރުން.
· ހިމާޔަތްކޮށްފައިވާ ތަންތަނާއި ވަނުންމަނާ ތަންތަނަށް ވަނުމުގައި ނަގަންޖެހޭ ހުއްދަ ހޯދައިގެން މެނުވީ ނުވަނުން.
· ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޓާސްކް ކުރުމާއި ދަށުގައިވާ މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލާ މޮނީޓަރކުރުން.
· އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ބޭނުންވާ އިންތިޒާމްތައް ބެލެހެއްޓުން އަދި ތެޔޮ އެޅުމާއި މުވައްޒަފުންނާއި ޕަސެންޖަރުންގެ ކަންކަން ހަމަޖެއްސުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ އިންތިޒާމްތައް ހަމަޖެއްސުން.
· އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުން.
· އުޅަނދަށް އަރުވާ ކާބޯތަކެއްޗާއި ބޯފެނާއި ތެލުގެ ރެކޯޑްސް ބެލެހެއްޓުން.
· އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މުވައްޒަފުން މަސައްކަތްކުރާގޮތް ދެނެގަނެ ގައިޑް ކޮށްދިނުން.
· އުޅަނދުގައި އުފެދޭ ކުނި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
· އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވާއިދުތަކަށް ކިޔަމަންވަން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
· ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަން ފުރިހަމަކޮށްފައިވުމާއި އެކު 5 އަހަރު ދުވަހު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ ކޯސްޓަލް ނެވިގޭޝަން ކޯސް (ނިޔަމި ކަމުގެ ސަނަދު) ފުރިހަމަ ކުރުމާއި އެކު 10 އަހަރު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުމާއިއެކު މެރިޓައިމް ދާއިރާއިން އިތުރު ތަމްރީނުތައް ފުރިހަމަކޮށްފައިވުން.
· ދައްވެގެން ގްރޭޑް 10 ގެ ފެންވަރު ހުރުން.
· ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.
· ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.
· އިންބޯރޑް އަދި އައުޓްބޯރޑް އިންޖީނު އެޅި ހައިސްޕީޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ރާއްޖޭގެ ކޮންމެތާކަށް ކޮންމެ ވަގުތަކު ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވުން.
· ކޮމްޕިއުޓަރ ލިޓެރަސީއަށް އަޙުލުވެރި މީހެއް ކަމުގައިވުން.
· ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.
ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ):
· ފަޅުވެރިން ތަމްރީނު ކުރުމުގެ ޤާބިލްކަށް ހުރުން.
· ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.
· އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި ދުއްވާ ހުރިހާ ބާވަތެއްގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޤާބިލްކަން ހުރުން.
· ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.
ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު)