ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
22 މޭ 2024
ނިމުން ތާރީޚް
27 މޭ 2024

ބޯޓް ކްރޫ މުއްދަތު ހަމަވެފައި

AGRO NATIONAL CORPORATION PVT LTD
މުސާރަ
ރުފިޔާ 12,000 - ރުފިޔާ 15,000
ހުސް ވަޒީފާތައް
4

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 12,000 - ރުފިޔާ 15,000
ވަޒީފާގެ ތަފްސީލް

·       ހަވާލު ކުރެވިފައިވާ މަސައްކަތްތައް އިޙްލާސްތެރިކަމާއިއެކު ކުރުން.

·       އުޅަނދުގެ ކޮންޑިޝަން ރަނގަޅަށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުން ކުރުމާއި މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދުވަހުން ދުވަހަށް ކުރުން.

·       އުޅަނދުގައި ކުރާ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

·       ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއި ހަމަޔަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހޭ ކަންކަން ބެލެހެއްޓުން.

·       މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން.

·       ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުން.

·       އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުންކުރުން.

·       އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

·       އުޅަނދުގައި އުފެދޭ ކުނި، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

·       އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވައިދުތަކަށް ކިޔަމަންވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

·       ފަޅުވެރިކަމުގެ ސަނަދު އޮތުމާއެކު ކަނޑުމަތީގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ވަޒީފާ ދިނުމަށްފަހު އުޅަނދު އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން ފަޅުވެރިކަމުގެ ލައިސަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

·       ދިވެހި ބަހުންނާއި އިގިރޭސިބަހުން ލިޔެކިޔަން އެނގުން.

·       ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.

·       ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.

·       ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.

ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ):

·       ފަޅުވެރިކަމުގެ ޤާބިލްކަން ހުރުން.

·       ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.

·       ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.

ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު)

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • • ވަޒީފާއަށް އެދި ހުށަހަ�
  • ާ ސިޓީ
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަ�
  • ަންޖެހޭ ތަކެތި: