ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
· ލީގަލް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާއި، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ރާވާ ހިންގާ ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުން؛
· ކުންފުނީގެ ލީގަލްއާ ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛
· ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކުންފުންޏަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން؛
· ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ/ޖަމާޢަތްކުން އަންނަ ސިޓީތަކުގެ ތެރެއިން ލީގަލް ޔުނިޓުން ޖަވާބުދާރީވާންޖެހޭ އެންމެހައި ލިޔުންތަކަށް ޖަވާބުދާރީވުން؛
· ކުންފުނީގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި، މެނޭޖްމަންޓުން ނިންމައިފިނަމަ އެ އިޞްލާޙެއް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑަށާއި، މެނޭޖްމަންޓަށް ދޭންޖެހޭ ޤާނޫނީ ލަފާއާއި އެހީތެރިކަން ދިނުމުގެ މަސައްކަތްކުރުން؛
· ޓެންޑަރ އިވެލުއޭޝަން ކޮމެޓީން ނިންމާ މައްސަލަތަކުގައި ޤާނޫނީގޮތުން އުފެދޭ ހުސޫމަތުތަކާބެހޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި، ލަފާ ދިނުމާއި އެ މަސައްކަތްކުރުވުން؛
· ކުންފުނީގެ ޑިޕާޓްމަންޓްތައް ހިންގުމުގައި ޤާނޫނީގޮތުން ދިމާވާ މައްސަލަތަކުގައި މެނޭޖްމަންޓަށް ޤާނޫނީ ލަފާ ދިނުމާއި އަދި އެ މަސައްކަތްތައް ކުރުވުން؛
· ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރާ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި ޑިރެކްޓަރުންގެ ބޯޑަށް ޤާނޫނީ ލަފާ ދިނުމާއި އެ މަސައްކަތްތައް ކުރުވުން؛
· ކުންފުނިން ތަންފީޒު ކުރަމުންދާ ހުރިހާ އެއްބަސްވުންތަކުގެ ރެޖިސްޓްރީއެއް އެކުލަވާލައި ވިލަރެސްކުރުން؛
· އަލަށް އެކުލަވާލާ އެއްބަސްވުންތަކުގެ ޑްރާފްޓް އެކުލަވާލުމާއި، އިންޓަރނަލް ޕޮލިސީތަކުގެ ޑްރާފްޓް ޗެކްކުރުމާއި، އެލިޔުންތައް ތައްޔާރު ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަން ކަށަވަރުކޮށް އަދި އެމަސައްކަތް ކުރުވުން؛
· ކުންފުނީގެ ޕޮލިސީތަކާއި، އުޞޫލުތަކާއި ޚިލާފަށް ނުވަތަ އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އިޖުރާއާތުތަކާއި ޚިލާފަށް ކުރަމުންދާ ކަންކަން ފާހަގަ ކުރެވިއްޖެނަމަ އެކަންކަން އެ ޑިޕާރޓްމަންޓެއް ހިންގަން ހުންނަ ވެރިޔެއްގެ ސަމާލުކަމަށް ގެނެސް ކަމާގުޅޭ ލަފާދިނުން؛
· ޤާނޫނުތައް ދިރާސާކޮށް ކުންފުނީގެ އިޙުތިޞާސްތަކާއި ފުށުއަރާ ކަންކަމާއި ދާއިރާތައް ދެނެގަނެ އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން؛
· ކުންފުނީގެ އެކިއެކި ކަންކަމާއި އަދި ވިޔަފާރީގެ މުޢާމަލާތްތަކަށް ހެދޭ އެއްބަސްވުންތަކުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކާއި ހިރާސްތައް ދިރާސާކޮށް ދެނެގަނެ، މެނޭޖްމަންޓަށް ހުށަހަޅާ، އެ ނިންމާ ނިންމުންތަކާއެއްގޮތަށް އަމަލުކުރުން؛
· ތަޙްޤީޤުކުރަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމަށްފަހު ތަޙްޤީޤް ރިޕޯރޓް، މެނޭޖްމަންޓަށް ހުށަހެޅުމުން އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް ނިންމައިފިނަމަ އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމުގެ މަސައްކަތްކުރުން؛
· ކުންފުނީގެ ފަރާތުން ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ދަޢުވާ ފޯރމާއި އެއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުވުމާއި ކުންފުނީގެ ފަރާތުން ވަކާލާތުކުރުމާއި އަދި އެ މަސައްކަތް ކުރުވުން؛
· ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ކުންފުނި ތަމްސީލުކުރުން؛
· ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ކަމާބެހޭ ޑިޕާރޓްމަންޓަށް ލަފާ ދިނުމާއި، އެ ޙުކުމެއް ތަންފީޒުވެ ނިމެންދެން ވިލަރެސްކުރަމުން ގެންދިއުން؛
· ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުން ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތަކުގެ ތެރެއިން އިސްތިޢުނާފް ކުރުމަށް ކުންފުނިން ނިންމާ މައްސަލަތައް އިސްތިޢުނާފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އެފަދަ ޙުކުމްތައް އިސްތިޢުނާފް ކުރުން؛
· ކުންފުނީގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރާވާ ހިންގުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛
· ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރުކުރުމުގައި އެކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި އަދި އެފަރާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން؛
· މެނޭޖްމަންޓުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް މެނޭޖްމަންޓްގެ އިރުޝާދުގެ މަތިން ކުރުން؛
· ލީގަލް ޔުނިޓުގެ މުވައްޒަފުން، މަސައްކަތްތަކަށް އަހުލުވެރިކުރުވުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛
· ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކޮށް، މަސައްކަތްކުރުން؛
· މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛
· ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛
· ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.