ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު:
ޑިރެކްޓަރ، ކިއު.އޭ.އާރ
ޑޕާޓްމަންޓް:
ކޮލިޓީ އެޝުއަރެންސް ރިވިއު ޑިޕާޓްމަންޓް
ބޭނުންވާ އަދަދު:
1 (އެކެއް)
މަޤާމުގެ ބާވަތް:
ދާއިމީ
ވަޒީފާ އަދާކުރަން ޖެހޭ ތަން:
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
ޖުމްލަ މުސާރަ:
50،000.00 ރުފިޔާ
އަސާސީ މުސާރަ:
11،000.00 ރުފިޔާ އާއި 12،000.00 ރުފިޔާއާ ދެމެދު
ސަރވިސް އެލަވަންސް:
305.00 ރުފިޔާ އާއި 350.00 ރުފިޔާއާ ދެމެދު
ޙާޒިރީ އެލަވަންސް:
400.00 ރުފިޔާ އާއި 450.00 ރުފިޔާއާ ދެމެދު
ޓެކްނިކަލް އެލަވަންސް:
12,000.00 ރުފިޔާ އާއި 14,000.00 ރުފިޔާއާ ދެމެދު
އެހެނިހެން އިނާޔަތްތައް:
ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
· ކޮލިޓީ އެޝުއަރެންސް އަދި ރިވިއުޑިޕާޓްމަންޓް ހިންގުމުގެ ނިޒާމު ގާއިމްކޮށް އެމަސައްކަތާ ގުޅުންހުރި އުސޫލުތައް އެކުލަވާލައި ހިންގައި ބެލެހެއްޓުން
· އިންސްޓިޓިއުޓުން ލައިސަންސް ދީފައިވާ އޮޑިޓް ފާރމްތަކާއި، ވަކިވަކި ފަރުދުން ކުރާ އޮޑިޓްތަކާއި، އެޝުއަރެންސް ސާވިސްތަކާއި، އެއާ ގުޅުންހުރި އެންގޭޖްމަންޓްތައް އިންޓަރނޭޝަނަލް ސްޓޭންޑާޑްސް އޮން އޮޑިޓިންގ (އައި.އެސް.އޭ) އަދި އިންޓަރނޭޝަނަލް އޮޑިޓިންގ އެންޑް އެޝުއަރެންސް ސްޓޭންޑާޑްސް ބޯޑް (އައި.އޭ.އޭ.އެސް.ބީ) ގެ މިންގަނޑުތަކަށް އަމަލުކުރަމުންދާ މިންވަރު ބަލައި، މޮނިޓަރކޮށް، އަދި މި ގަވައިދުތަކާޢި އުސޫލުތަކަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުން
· ކޮލިޓީ ރިވިއުއާ ގުޅޭ މަސައްކަތްތައް ރާވައި، އެކުލަވާލައި، ކުރިއަށް ގެންދިއުން
· ބައިނަލް އަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކޮލިޓީ ރިވިއު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކޮށް، ތަންފީޒުކުރުން
· ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
· އިދާރާގެ ސްޓްރެޓެޖިކް ލަނޑުދަޑިތައް ހާސިލްކުރެވޭނެހެން ކޮލިޓީ ރިވިއު ޕްރޮސެސް ޤާއިމުކުރުން
· ކޮލިޓީ ރިވިއު ޕްރޮސެސް ކުރިއަށްދަނީ ދެފުށްފެންނަހެން އަދި ޒިންމާދާރުކަމާއެކުކަން ކަށަވަރުކުރުން
މަޤާމުގެ ޝަރުތުތައް:
· އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭ.ސީ.ސީ.އޭ / ސީމާ / ސީ.ޕީ.އޭ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން، އަދި
· އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ގެ މެމްބަރަކަށްވުމާއެކު (އިންސްޓިޓިއުޓްގެ ފެލޯ މެމްބަރުންނަށް އިސްކަންދެވޭނެ) ދިވެހިރައްޔިތަކަށްވުން، އަދި
· އައި.އެސް.އޭ ކޮމްޕަލަޔަންޓް އޮޑިޓް ކުރުމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު ހިންގުމުގެ ދާއިރާގެ ތަޖުރިބާ ލިބިފައިވުން،
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
· ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު، މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
· އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
· އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
· މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
· ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
· ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
· ޕޮލިސް ރިޕޯޓް (ދޫކުރިތާ 4 މަސް ނުވާ)
· އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 7 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، hr@camaldives.org އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ hr@camaldives.org އަށެވެ.