ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
19 އެޕްރީލް 2023
ނިމުން ތާރީޚް
2 މޭ 2023

ޑިސްޕެޗް އޮފިސަރ މުއްދަތު ހަމަވެފައި

Public Service Media
މުސާރަ
ރުފިޔާ 5,500+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް, ކޮންޓްރެކްޓް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 5,500+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
•އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
•ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
•އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
•ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
•ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
•މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްސީލް

https://www.gazette.gov.mv/iulaan/237504

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ,
  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ,
  • ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އެކި ތަންތަނަށް ގޮސް ރައްދުކުރަންޖެހޭ، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި ރައްދުކުރުން؛
  • އެކި ތަންތަނުން ކުންފުންޏަށް ގެންނަންޖެހޭ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ގެންނަންޖެހޭ ޙާލަތުގައި އެ ތަކެތި ގެނެސް ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙަވާލުކުރުން؛
  • ކުންފުނީގެ އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލޭ ލިޔުންތަކާއި ފައިސާއާބެހޭ ލިޔުންތައް، އެ ތަންތަނަށް ގޮސް ރައްދުކުރުމާއި އަދި އެކި ތަންތަނުން ކުންފުންޏަށް ގެންނަންޖެހޭ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލޭ ލިޔުންތަކާއި ފައިސާއާބެހޭ ލިޔުންތައް، އެތަންތަނަށް ގޮސް ގެނެސް ކަމާބެހޭ މުވައްޒަފުންނާ ޙަވާލުކުރުން؛
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ޗެނަލްތަކުގެ ތެރެއިން ވަކި ބިލްޑިންގ ނުވަތަ ޢިމާރާތްތަކުގައި ހިންގާ ޑިޕާޓްމަންޓްތަކުން އަނެއް ޢިމާރާތުގައި ހިނގާ ޑިޕާޓްމަންޓް/ ޗެނަލްތަކަށް ގެންގޮސް، ގެންނަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން؛
  • ކުންފުނިން އިންތިޒާމްކުރާ ޖަލްސާ/ ޙަފުލާ/ ޕާޓީތަކުގެ ދައުވަތު ކާޑް، އެ ކާރޑެއް ރައްދުވާ މީހާގެ އެޑްރެހަށް ނުވަތަ ހުންނަ ތަނަކަށް ގޮސް ރައްދުކުރުން؛
  • ވަޒީފާއާ ގުޅޭ ކަމަކަށް ވަޒީފާގެ ރަސްމީ މަސައްކަތު ގަޑި ނުވަތަ ޑިއުޓީގަޑި ނޫން ވަގުތެއްގައި ނެރެންޖެހިގެން އެކަމަށް އަންގައިފިނަމަ، ޙާޟިރުވެ، އެކަމެއް ކޮށްނިންމުން؛
  • ކުންފުނީގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި ކުންފުނިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުން
  • ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން.
  • މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
  • ކޮންޓްރެކްޓް