ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
30 މާރިޗު 2026
ނިމުން ތާރީޚް
6 އެޕްރީލް 2026
މުސާރަ
ރުފިޔާ 10,035 - ރުފިޔާ 18,564
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 10,035 - ރުފިޔާ 18,564
މުސާރަ: 10035.00 މުސާރަ
ސަރވިސް އެލަވަންސް: 4014.00 މުސާރަ
ސްޕެޝަލް ޑިއުޓީ އެލަވަންސް: 4515.75 މުސާރަ

އިތުރު އިނާޔަތްތައް:
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ވަޒީފާގެ ތަފްސީލް

މަގާމު:                   ޑިވެލޮޕްމަންޓް އެންޑް ރެޒިލިއަންސް މެނޭޖަރ / JN-27

ބޭނުންވާ ޢަދަދު:          1 (އެކެއް)

މަގާމުގެ ބާވަތް:            ދާއިމީ

މަގާމުގެ ރޭންކް:            DMT 4-1

ސެކްޝަން / ޔުނިޓް:      ޕްރޮގްރާމް ރިސާރޗް އެންޑް އެޑްވޮކަސީ

އޮފީސް:                   ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:   ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

 

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1.      ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

2.      މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.  

3.      ކާރިސާއެއްގެ ކުރިން، ރަށްތަކަށް ކުރިމަތިވެދާނޭ ކާރިސީ ހިރާސްތައް ދެނެގެ ގެއްލުން ކުޑަކުރުމާއި ގުޅޭ އެންމެ މައުލޫމާތު ރަށްތަކާއި ހިއްސާކުރުމާއި، ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަހައްދުތަކަށް ދިނުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

4.      ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.

5.      ރާއްޖޭގެ ރަށްތަކަށް ކާރިސީ ހިރާސް އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އެސެސްމެންޓްތައް، ރަށު ކައުންސިލްތަކާއި، ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ތައްޔާރު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.

6.      ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ސުޕަވައިޒަރުގެ އިރުޝާދާއިއެކު ރާއްޖޭގެ ރަށްރަށުގައި ހިންގުން.

7.      ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8.       ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެންމެހާ އެހީތެރިކަމާ އެންބާރުލުން ދިނުން.

9.      ރާއްޖެއާއި ރާއްޖެއިން ބޭރުން (ޑިޒާސްޓަރ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއިގުޅޭ) ލިބޭ ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަމުގެ ތަމްރީނު ލިބި އެކަމާއިގުޅޭ ޓްރޭނިންގތައް  ހިންގައި މީހުން ބިނާކުރުމުގެ މަސައްކަތް ކުރުން.

10.   ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ރައްޔިތުންގެ ތެރޭގައި އިތުރުކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގާނޭ ވަސީލަތްތައް ގާއިމުކޮށް މަޢުލޫމާތު ރައްޔިތުންނަށް ޙިއްސާކުރުން، އަދި މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަގާމުގެ ޝަރުތުތައް:

1.      މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް)  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2.      މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް)ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

·         ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45

·         ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 06 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@ndma.gov.mv މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  12 އެޕްރީލް 2026 އާއި 16 އެޕްރީލް 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  info@ndma.gov.mv އަށެވެ.

 

 

 

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް
އެންމެ ދަށް ކޮލިފިކޭޝަން
ބަޗެލާރސް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގު�
  • ޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • 5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަ�
  • ައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގު�
  • ޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • 7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Services