ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
7 ޖަނަވަރީ 2026
ނިމުން ތާރީޚް
20 ޖަނަވަރީ 2026
މުސާރަ
މަޝްވަރާކޮށްގެން ހަމަޖެހޭ މުސާރަ
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1

ތަފްސީލް

މުސާރައާއި އިނާޔަތްތައް
މަޝްވަރާކޮށްގެން ހަމަޖެހޭ މުސާރަ
ވަޒީފާގެ ތަފްސީލް
  • ކުންފުނީގެ ހުރިހާ އައުޓްލެޓްތަކުން ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމުގެ ކަންކަން ރާވައި ވިލަރެސްކުރުން.
  • ހެޑް އޮފީހަށް ލިބޭ ފައިސާގައި އެއްވެސް އުނި އިތުރެއް ނެތްކަން ކަށަވަރުކުރުން.
  • ފައިސާގެ ހިސާބުތަކުގައި އެއްވެސް މައްސަލައެއް ނުވަތަ ފަރަގެއް އުޅޭނަމަ ލަސްނުކޮށް ސީނިއާ އެކައުންޓަންޓަށް ނުވަތަ އެކައުންޓަންޓުންނަށް އެންގުން.
  • ދުވަހު ފައިސާގެ ޚުލާޞާ ރިޕޯޓް ތައްޔާރުކޮށް، ފައިލްތައް ތަރުތީބުން ބެލެހެއްޓުން.
  • ކާޑު ޕޭމަންޓްތައް ބޭންކަށް ލިބުމާއެކު، އޭގެ ރިޕޯޓް ކުންފުނީގެ ސީ.އީ.އޯ އަދި ސީނިއާ މެނޭޖްމަންޓާ ހިއްސާކުރުން.
  • ނަގުދު ފައިސާ، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ފައިސާ ކަނޑައެޅިފައިވާ ބޭންކު އެކައުންޓްތަކަށް ސައްހަކޮށް ޖަމާވިކަން ޔަގީންކުރުން.
  • ނަގުދު ފައިސާ، ޗެކް ޑިޕޮސިޓް އަދި ކާޑު ސެޓްލްމަންޓްތައް ލެޖަރ އެކައުންޓްތަކުގައި ފަރުވާތެރިކަމާއެކު ރެކޯޑުކުރުން.
  • ކޭޝް ކޮންޓްރޯލް އެކައުންޓްތައް ރީކޮންސައިލްކޮށް (ހިސާބު ދިމާކުރުން)، ކުށެއްނެތި ބެލެހެއްޓުން.
  • ބޭރުގެ ފައިސާގެ މުއާމަލާތްތަކާއި އިމްޕޯޓާ ގުޅޭ ލިޔެކިޔުންތައް (މިސާލަކަށް: LC applications, LC/DA settlements, shipping guarantees) ތައްޔާރުކޮށް ހުށަހެޅުން.
  • ޓީ.ޓީ (TT) ފައިސާ ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި، އެއާ ގުޅޭ ބޭންކު ޗާޖުތައް ރެކޯޑުކުރުން.
  • ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ފައިސާ އެފަރާތްތަކުގެ އެކައުންޓްތަކުގައި ރެކޯޑުކޮށް، ކަމާގުޅޭ އިންވޮއިސްތަކަށް ފައިސާ ކަނޑައެޅުން.
  • RTGS/MRTGS ފޯމުތައް ތައްޔާރުކޮށް، ބޭންކުން ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ހުށަހެޅުން.
  • ކުންފުންޏާއި ކުންފުނީގެ ދަށުން ހިންގާ ގޮފިތަކުގެ ބޯޑު ރިޒޮލިއުޝަންތައް ޑްރާފްޓްކުރުން.
  • ބޭންކު އެކައުންޓްތަކާއި ބޭންކިންގް ފެސިލިޓީތަކާ ގުޅޭ އެޕްލިކޭޝަންތައް ތައްޔާރުކޮށް ހުށަހެޅުން.
  • އާސަންދަ، ޓެންޑަރު، ބިޑް އަދި މިފަދަ އެހެނިހެން ކަންކަމާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.
  • މެނޭޖްމަންޓުން ބޭނުންވާ މާލީ ރިޕޯޓްތަކާއި މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޓީމުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުން.

ޝަރުތުތަކާއި ތަޖުރިބާ

  • ފައިނޭންސް، އެކައުންޓިންގް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން (ޕްރޮފެޝަނަލް ސެޓްފިކެޓެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ).
  • މިފަދަ ދާއިރާއަކުން މަދުވެގެން 2-3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މާލީ ދިރާސާކުރުމާއި، ކްރެޑިޓް ރިސްކް އެސެސްމަންޓް އަދި ރިސީވަބަލްސް މެނޭޖްމަންޓަށް ފަރިތަވުން.
  • މައިކްރޯސޮފްޓް އެކްސެލް (MS Excel) އަދި މާލީ ހިސާބުތައް ތައްޔާރުކުރާ އެހެނިހެން ވަސީލަތްތައް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން (ލިޔުމާއި ވާހަކަދެއްކުން)

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • Educational Certificates

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Health and Welfare