ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
11 ސެޕްޓެންބަރު 2024
ނިމުން ތާރީޚް
19 ސެޕްޓެންބަރު 2024
މުސާރަ
ރުފިޔާ 6,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 6,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
06 މަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުސާރަ ރިވިއުކުރެވޭނެ.
ވަޒީފާގެ ތަފްސީލް

ޝަރުތުތައް

 އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން (އިނގެރޭސި އަދި ދިވެހި ހިމެނޭހެން)

އެހެނިހެން ޝަރުތުތައް

- ދިވެހި އަދި އިނގެރޭސި ބަހުން މުޢާމަލާތްކުރުމަށް ފަރިތަވުން

- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ހުނަރު

- ގަޑިއަށް ފަރުވާތެރިވުން

މަޤާމުގެ މަސްޢޫލިއްޔަތުތައް

- އީމެއިލް މެދުވެރިކޮށް އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ލިޔުންތަކާ ހަވާލުވުމާއި ޖަވާބު ފޮނުވުން

- އޮފީހަށް އަދި އީމެއިލް މެދުވެރިކޮށް އަންނަ ކޯޓު އަމުރުތަކާ ހަވާލުވުމާއި، އަމުރުތައް ކަލަންޑަރަށް އެޅުމަށްފަހު ފައިލްކޮށް ބެލެހެއްޓުން

- އޮފީހަށް ބޭނުންވާ ތަކެތި ހަމަކޮށް ބެހެއްޓުން

- މިނޫންވެސް އެހެނިހެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

 

މަސައްކަތު ގަޑި: ހެނދުނު 08:00 އިން 16:30 އަށް (އާދީއްތަ - ބުރާސްފަތި) - [01 ގަޑިއިރު ލަންޗް ބްރޭކް]

ޕްރޮބޭޝަން މުއްދަތު: 03 މަސްދުވަސް

(ޕްރޮބޭޝަން 03 މަސްދުވަހަށްފަހު، މަޤާމަށް ހޮވޭ ފަރާތެއްގެ ޤާބިލްކަމަށް ރިޢާޔަތްކުރުމަށްފަހު 01 އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކުރެވޭނެއެވެ. އަދި 01 އަހަރަށްފަހު ފެންވަރަށް ރިޢާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.)

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ޝައުޤުވެރިވާ ފަރާތްތަކުން ވަނަވަރާއި ސެޓްފިކެޓްތައް info@mmlawassociates.com އަށް 19 ސެޕްޓެމްބަރ 2024 ގެ 16:30 ގެ ކުރިން އީމެއިލްކޮށްދެއްވާ.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Business Administration and Law