ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު:
އެސިސްޓަންޓް އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ
ސެކްޝަން:
މެމްބަރޝިޕް އެންޑް ލައިސެންސިންގ
ބޭނުންވާ އަދަދު:
1 (އެކެއް)
މަޤާމުގެ ގިންތި:
ދާއިމީ
ވަޒީފާ އަދާކުރަން ޖެހޭ ތަން:
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
އަސާސީ މުސާރަ:
4،500.00 ރުފިޔާ އާއި 5،000.00 ރުފިޔާއާ ދެމެދު
ސަރވިސް އެލަވަންސް:
70.00 ރުފިޔާ އާއި 80.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
ޙާޒިރީ އެލަވަންސް:
85.00 ރުފިޔާ އާއި 95.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
އެހެނިހެން އިނާޔަތްތައް:
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
· އިންސްޓިޓިއުޓުގެ މެމްބަރޝިޕް އެޕްލިކޭޝަންތައް އަދި އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން.
· އޮޑިޓް ލައިސެންސިންގ އެޕްލިކޭޝަންތައް އަދި ލައިސަންސް އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން.
· އިންސްޓިޓިއުޓުގެ މެމްބަރުންނާއި އޮޑިޓަރުންނާ ގުޅޭ ކަންކަމުގައި އެޑްމިޝަން އެންޑް ލައިސެންސިންގ ކޮމިޓީއަށް އެހީތެރިވުން.
· އިންސްޓިޓިއުޓްގެ މެމްބަރޝިޕް އަދި ލައިސެންސިންގ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
· ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތާވަލު އިންތިޒާމުކޮށް ބެލެހެއްޓުން.
· ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އެޖެންޑާ، ބައްދަލުވުމުގެ ނޯޓިސް، ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ޔައުމިއްޔާ، ދިރާސާ ކަރުދާސް އަދި އެހެނިހެން ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން.
· އިންސްޓިޓިއުޓުގެ ކައުންސިލްގެ އެންޑޯޒްމަންޓް ހޯދުމަށް ބޭނުންވާ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއެކު މަސައްކަތްކުރުން.
· ކޮމިޓީތަކުގެ ވޯކްޕްލޭން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއި މެނޭޖްމަންޓާއެކު ގާތުން މަސައްކަތްކުރުން.
· އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، އިންސްޓިޓިއުޓުން ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
· އިންސްޓިޓިއުޓަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން.
· އިންސްޓިޓިއުޓްގެ މުހިންމު ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންސްޓިޓިއުޓްގެ މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
· އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
މަޤާމުގެ ޝަރުތުތައް:
· މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
· މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
· ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
· އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
· އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
· މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
· ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
· އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
· ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
· ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
· އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 23 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، hr@camaldives.org އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ hr@camaldives.org އަށެވެ.