ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމުގެ ޝަރުތު:
· ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ރޭޑިއޯ އާއި ޓީވީ އިން ތައްޔާރު ކުރާ ޚަބަރާއި ޕްރޮގްރާމްތައް އޮންއެއަރ ކުރުމުގެ މަސައްކަތް ކުރުން؛
· ރޭޑިއޯ/ޓީވީ އަށް އެޑިޓަރުން ދޭ ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްތައް ޕްލޭނިންގ ޝީޓްތަކަށް އަޅާ ތައްޔާރުކުރުން؛
· އޮންއެއަރ ކޮންޓްރޯލްގައި ހުންނަ ވީޑިއޯ ސުވިޗަރ / އޯޑިއޯ މިކްސަރ ފަދަ އިކުއިޕްމަންޓް އޮޕަރޭޓް ކުރުން؛
· ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ގަޑިޔަށް އޮންއެއަރ އަށް ފޮނުވުން؛
· ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ރިކޯޑްކުރާ ޕްރޮގްރާމްތައް ގަޑިޔަށް ރިކޯޑްކުރުން؛
· ނިއުސް އިން އެއަރ ކުރާ ޕްރޮގްރާމްތައް އަރކައިވް ކުރުން؛
· ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތްކުރުން؛
· މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/216868