ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ނަންބަރު:(IUL)450-CA/450/2023/51
ވަޒީފާގެ ފުރުޞަތު
މަގާމު
އެސިސްޓެންޓް ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް
ބޭނުންވާ ޢަދަދު
01
މަޤާމުގެ ގިންތި:
ދާއިމީ
މަގާމުގެ ކްލެސިފިކޭޝަން
ސީނިއަރ އޮފިސަރ ގްރޭޑް 1
ރޭންކް
އެމް.އެސް 3
މުސާރަ
މަހަކު 7035.00 ރުފިޔާ
ސަރވިސް އެލަވަންސް
މަހަކު 2000.00 ރުފިޔާ
ލިވިންގ އެލަވަންސް
މަހަކު 4000.00 ރުފިޔާ
އެހެނިހެން އެލަވަންސް
މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭތަން
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ތަޢުލީމާއި ތަޖުރިބާ
1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ޕްރޮކިއުމަންޓް ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ (އެމް.ކިއު.އޭ ލެވެލް 7) ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ފައިނޭސް ނުވަތަ ޕްރޮކިއުމަންޓް ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (އެމް.ކިއު.އޭ ލެވެލް 5) ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
އެހެނިހެން ޝަރުތު/ސިފަތައް
1. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމާއި ލިޔެކިޔުން އެކުލަވާލުން އަދި މަސައްކަތުގައި ދިމަވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސަކަތްކުރުން.
2. އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ދެމެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.
3. އޮތޯރިޓީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވާންޖެހޭ ހާލަތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށް ވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
1. ބިޑް ކޮށްގެންނާއި ބިޑް ނުކޮށް އޮފީހަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުރަންޖެހޭ އެންމެހައި މަސައްކަތް ވިލަރެސް (ކޯޑިނޭޓް) ކުރުން.
2. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑް ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ވިލަރެސް ކުރުން.
3. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި އެހީގެ ގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
4. ޕޭމަންޓް ވައުޗަރ ތަކާއި އެޗޭޓްކުރަންޖެހޭ ސަޕޯޓިންގ ޑޮކިއުމަންޓްތައް ހަމަތޯބަލައި، ސޮއި ހަމަތޯ ބަލައި ޕޭމަންޓް ވައުޗަރތައް ޗެކްކުރުން.
5. އޮތޯރިޓީއިން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާއި ގުޅޭ އިންތިޒާމް ހަމަޖެއްސުމާއި ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
6. އޮތޯރިޓީން ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބާކީ ހުންނަ ފައިސާ ޖަމާކުރާ ޑިޕޮސިޓް ފޯމު ސެޕް ސިސްޓްމުގައި ޕާކް ކުރެވެމުންދޭތޯ ޗެކް ކުރުން.
7. ޕްރޮކިއުމަންޓާބެހޭ މައުލޫމާތު ގަވާއިދުން އާންމުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
8. ޕޯސްޓްކޮށްފައިވާ ޕޭމަންޓްތަކުގެ ސްޓޭޓަސް ގަވާއިދުން ބަލައި، އިސްލާހް ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް ފައިނޭންސް އޮފިސަރ އަށް އިރުޝާދު ދިނުމާއި، ޑިއުޑޭޓް ހަމަވެފައިވާ ޕޭމަންޓްތަކަށް ޕްރޮސެސްކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުން.
9. ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ ޚަރަދު ރިޕޯޓު ތައްޔާރުކުރުމާއި، އެ ރިޕޯޓު ސެޕް ސިސްޓަމާ ރީކޮންސައިލް ކުރުން.
10. ހެދިފައިވާ އެގްރީމެންޓްތަކާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭތޯ ބަލައި، ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުން.
11. އޮތޯރިޓީއަށް ލިބިފައިވާ މުދަލާއި ޚިދުމަތަށް ޤަވާޢިދުން އިންވޮއިސް ލިބެމުންދޭތޯ ބެލުމާއި، ސްޓޮކަށް ވައްދަންޖެހޭ ތަކެތި ސްޓޮކަށް ވެއްދޭތޯ ބެލުމުގައި ޕްރޮކިޔުމެންޓް އޮފިސަރ އަދި ފައިނޭންސް އޮފިސަރާ ގުޅިގެން މަސައްކަތް ކުރުން.
12. ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިއުމުގެ ކަންކަން ވިލަރެސް ކުރުން.
13. ޑިޕާޓްމަންޓް ހެޑް ޗުއްޓީގައި ހުންނަވާ މުއްދަތުގައި ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން.
14. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
15. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
· މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 2023 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:30 ގެ ކުރިން hr@fpa.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
· ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
· މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
· މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
· މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.
· މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
· އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
· މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
· އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
o ފޯން: 3010551
o ފެކްސް: 3010552
o އީ-މެއިލް: info@fpa.gov.mv
o ވެބްސައިޓު: www.fpa.gov.mv
o ފޭސްބުކް: www.facebook.com/fpa.maldives
28 ރަބީއުލް އާޙިރު 1445
12 ނޮވެންބަރު 2023