ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
7 ސެޕްޓެންބަރު 2025
ނިމުން ތާރީޚް
11 ސެޕްޓެންބަރު 2025
މުސާރަ
ރުފިޔާ 20,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 20,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ފޯން އެލަވަސް
ސާވިސް ޗާރޖް
ވަޒީފާގެ ތަފްސީލް

ދުއްވުމަށް ހަވާލުކުރެވިފައިވާ ބޯޓު ޒިންމާދާރުގޮތެއް ގައި ދުއްވުމަށް ކެޕްޓަންއަށް އެހީ ތެރި ވެދިނުން

ޕަސެންޖަތުންނާއި ބޯޓުގެ ކްރޫއަށް ރައްކާތެރިކަން ލިބޭނެ ގޮތައް ސަލާމަތީކަންކަން ބެލެހެއްޓުން

ދިވެހިރާއްޖޭގެ ޤާނޫނުއާއި ޤަވާޢިދައް ހުރުމަތްތެރިކޮށް ހިތައި ދޯނީގެ ކަންކަން ހުރީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ޔަޤީން ކުރުން

ބޯޓުގެ ކެޕްޓަންގެ ލަފާގެމަތިން ކްރޫއިން މެނޭޖްކުރުން، މަސައްކަތްތައް ޝެޑިއުލް ކުރުން، ޓްރެއިނިން ދިނުން އަދި މަސައްކަތް އެވަލުއޭޓް ކުރުން

ބޯޓުގެ މެއިންޓެނެންސް އަދި ރިޕެޔަރ މަސައްކަތްތައް ބެލެހެއްޓުން ކުރުވުން އަދި ބޭނުންވާ މެޓީރިއަލްސް އޯރޑަރ ކުރުން

ކެޕްޓަން އަދި ޕަސެންޖަރުންނާއި ބޯޓުގެ ކްރޫއާއި އެކު މުޢާމަލާތްކުރުން

ޤާނޫނާއި ޤަވާއިދުގައި ވާގޮތައް ދޯނީގެ ރިކޯރޑްސް (މެނިފެސްޓް) ބެލެހެއްޓުން

ދޯނީގައިވާ އާލާތްތައް (އިންޖީނު، ވިންޗް، ނެވިގޭޝަނަލް ސިސްޓަމްސް ފަޔަރ އެކްސްޓިންގުއިޝާރސް) ރަނގަޅަށް ބެލެހެއްޓުން

ޤަވާއިދުން ގޯޖްތައް ޗެކްކުރުން

ދޯނީގެ ޕޮޒިޝަން ކޮމްޕިއުޓް ކުރުން، ދުއްވާ ކޯރސް އަދި ސްޕީޑް ހަމަޖެއްސުން

ކްރޫ މެމްބަރުން ލައްވައި ކުރަންޖެހޭ ކަންކަން(ލޯޑިން އަދި އަންލޯޑިން ކާރގޯ) ކުރުވުން

ކްރު މެމްބަރުން ސްޕަރވައިޒް ކުރުން

ސޭފްޓީ އޮފިސަރ އެއްގޮތައް ހަރަކާތްތެރިވުން

ދޯނި ފުރުމުގެ ކުރިން ދޯނީ ގެ ސަލާމަތީކަންކަން ހުރީ އެކަށީގެންވާ ރަނގަޅު ފެންވަރުގައިތޯ ބަލާ ކަށަވަރުކުރުން

ދޯނީގެ ވެރިފަރާތައް 24 ގަޑިއިރުން އެއްފަހަރު ފޯނުކުރުން

ދޯނީގެ ވެރިފަރާތާއި މުއާސަލާތް ކުރުން، ދެމެހެއްޓުން

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • އައި ޑީ ކާރޑް ކޮޕީ
  • 03 މަސް ހަމަނުވާ ޕޮލިސް ރިޕޯރޓް
  • ނިޔަމިކަމުގެ ސެޓްފިކޭޓް - 1

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Services