ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
23 އޮކްޓޫބަރު 2024
ނިމުން ތާރީޚް
29 އޮކްޓޫބަރު 2024
މުސާރަ
ރުފިޔާ 6,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
2
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 6,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
އެހެނިހެން އެލަވަންސްތައް:
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްސީލް

https://www.gazette.gov.mv/iulaan/313045

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:- ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ސީ" ގްރޭޑަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތަކަށް ތަޖްރިބާ ނެތްކަމުގައިވިޔަސް ޝަރުތު ފުރިހަމަވާނެއެވެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ހާޟިރުވާން އޮންނަ ގަޑިއަށް ހާޟިރުވުން.
  • ކޮންމެ ދުވަހަކު ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ކުރަންޖެހޭ އެންމެހަ މަސައްކަތްތައް ރާވާ ހިންގުން.
  • ރޭޑިއޯ ޗެނަލްތަކުގެ ކޮންޓިނިއުޓީ ސްޓޫޑިއޯތައް ޝެޑިއުލް ކުރެވިފައިވާގޮތައް އޮޕަރޭޓުކޮށް ޕްރޮގްރާމުތައް އޮންއެއާރ ކޮއްދިނުން.
  • އޮޕަރޭޓަރުންނަށް ހެދިފައިވާ އެސްއޯޕީއާއި އެއްގޮތަށް މަސައްކަތްކުރުން.
  • ސައުންޑް އެންޑް އައުޓުޑޯ ބްރޯޑްކާސްޓިންގ ޔުނިޓުން ނުވަތަ އެމްސީއާރުއިން ލައިވް އިވެންޓެއްގެ އޯޑިއޯ ސިގްނަލް އެއް ޓެސްޓުކުރަން ގުޅައިފިނަމަ އޯޑިއޯ ސިގްނަލްޓެސްޓް ކުރުން. އޯޑިއޯ ސިގްނަލް ޓެސްޓުކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އަޑުގެ ކޮލިޓީ ގެ ތަފްސީލް އެފަރާތަށްދީ ސުޕަވައިޒަރަށް އެކަން އަންގައި އެމައްސަލަ ހައްލުކުރުން.
  • އޮންއެއާރ ކުރުމުގެ ކުރިން ލައިވް ކުރާ އިވެންޓުތައް އެހެނިހެން ޕްރޮގްރާމްތަކާއި އެއްގޮތަށް ޝެޑިއުލް ކުރެވިފައި ވޭތޯ ބަލައި ޗެކުކުރުން.
  • ސްޓޫޑިއޯތަކުގެ ރޭޑިއޯ ބްރޯޑްކާސްޓިންގ އިކުއިޕްމަންޓްތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް ބެލެހެއްޓުން.
  • ޕްރޮގްރާމްތައް އޮންއެއާރ ކުރުމުގައި ޕްރޮގްރާމް ޑިޕާޓްމަންޓުން ހަދާފައިވާ އުސޫލުތަކާއި އަދި ޑިއުޓީ ޕްރޮޑިއުސަރެއްގެ ލަފާގެ މަތިން އޮންއެއާރ ކޮށްދިނުން.
  • އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޕީއެސްއެމްގެ ޤަވާއިދުތަކާއި ޚީލާފު އެއްވެސް ކޮންޓެންޓެއް އޮންއެއާރ ނުކުރުން.
  • ސްޓޫޑިއޯގެ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ޕްރޮގްރާމްތައް އޮޓޯމޭޓް ކުރުމަށް އޮޓޮމޭޝަން ހަދައި އަދި ޗެކްކުރުން.
  • ޑިއުޓީގަޑީ ގައި ކުރެވޭ ހުރިހާ މަސައްކަތެއްގެ ތަފްސީލުތައް ޔައުމިއްޔާގައި ލިޔުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ޕީއެސް އެމް އިން ކަނޑައަޅާ ކޯސް، ސެމިނާރ، ވޯކްޝޮޕާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް އަދި ސެކްޝަނުން ރާވާ މީޓިންތަކުގައި ބައިވެރިވުން.

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ހުށަހަ�
  • ަންޖެހޭ ލިޔުންތައް
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގު�
  • ޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް