ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
· ކޮންޓްރޯލް ރޫމް / ސްޓޫޑިއޯގެ ހުރިހާ އިކްވިޕްމަންޓްތައް ޗެކްކޮށް އެއްވެސް އިކްވިޕްމަންޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަމުގެ ފުރިހަމަ މަޢުލޫމާތު އިންޖިނިއަރިންގ އަށް އަންގާ އެކަން ރަނގަޅު ކުރުވުން؛
· ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯބަލާ އަދި ޕްރޮގްރާމެއް މަދުނަމަ ވީހާއެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާރޓްމަންޓަށް އެންގުން؛
· މާރކެޓިންގް ޑިޕާރޓްމަނޓުން ލިޔަންޖެހޭ ލިޔުންތައް ފިޔަވާ ދުވަހު ޝެޑިއުލްއާ ގުޅުންހުރި އެހެން ހުރިހާ ލިޔުމެއް ލިޔެ ޕްރޮގްރާމް ޑިޕާޓްމަންޓް ނުވަތަ ނިއުސް ޑިޕާޓްމަންޓްގެ ހުއްދަ އާއި އެކު އޮންއެއަރ ކުރުން؛
· އޮންއެއަރގެ އެދުވަހެއްގެ ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި، ލައިވްތަކާއި އިޝްތިހާރުތައް ބެލުންތެރިންގެ ޝައުޤު ނުގެއްލޭނެހެން އެއަރ ކުރުން؛
· ޕްރޮގްރާމްތައް އޮންއެއަރ ކުރަމުންދާގޮތް، ތަރުތީބުން އޮންއެއަރ ލޮގް ސިސްޓަމަށް އެންޓަރ ކުރުން، އަދި ލޮގް ލިޔުމަށް ޙާއްސަ ކުރެވިފައވާ ފޮތުގައި ލިޔަމުން ގެންދިޔުން؛
· ޕްރޮގްރާމްތަކާއި، ލައިވްތަކާއި، ޙަބަރުތައް، އޮންއެއަރ ކުރަމުން ދާއިރު ފަރުވާތެރި ކަމާއިއެކު މޮނިޓަރ ކުރުން އަދި ދުވަހުގެ އޮންއެއަރ ކުރަންޖެހޭ ކަންތަކާއި، ޝެޑިއުލްއަށް އަންނަ ބަދަލްތަކަށް ފަރުވާތެރިވުން؛
· އޮންއެއަރގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ލަސްނުކޮށް ޔުނިޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކަށް އަންގާ ހައްލުކުރުން؛
· އޮންއެއަރ ޓްރާންސްމިޝަން ފެށުމާއި، ނިމުމުން ޕެޗް ކުރަންޖެހޭ އެއްޗެއް ޕެޗް ކުރުމަށް ފަހު އޮންއެއަރގައި އެވަގުތު ބޭނުންޖެހޭ ހުރިހާ އިކުއިޕްމެންޓެއް ނިއްވުން (މައިކް / ލައިޓް / ޓޯކްބެކް)؛
· މިކަންކަމުގެ އިތުރުން ވަޒީފާއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާ ގޮތެއްގެމަތިން ކުރުން.