ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
· އުފައްދަންޖެހޭ ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާ ފާސްކޮށް، ޕްރޮގްރާމް އުފެއްދުން.
· ޕްރޮގްރާމް ޕްރެޒެންޓް ކުރުން އަދި ޕްރޮގްރާމްތަކާއި ސްޕޮޓް، އިޝްތިހާރު، ރިޕޯރޓް، ޑްރާމާފަދަ ކޮންޓެންޓްތަކަށް އަޑު އަޅައިދިނުން.
· އުފައްދާ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުން އަދި ޕްރޮގްރާމް އުފެއްދުމުގެ ކުރިން ކޮންޓެންޓް ސްޕަވައިޒަރަށް ދައްކާ ޕްރޮގްރާމް އުފެއްދުމުގެ އެޕްރޫވަލް ހޯދުން. އަދި ކޮންޓެންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ސްޕަވައިޒަރުގެ މަޝްވަރާ ހޯދުމަށްފަހު، އެޕްރޫވަލްއާއެކު ބަދަލު ގެނައުން.
· ޚަބަރު ކިޔުމާއި ކޮންޓިނިއުޓީ ގަޑިފުރުން.
· ކޮންޓިނިއުޓީ ގަޑި ފުރަން ހަވާލުކުރެވޭ ހާލަތްތަކުގައި ކޮންޓިނިއުޓީ އެނައުންސަރަކު އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން.
· ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގ ކޮމެންޓްރީ ދިނުން.
· ޕީއެސްއޭ، އިޝްތިހާރު އުފެއްދުން.
· ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އުފައްދާ ޕްރޮގްރާމްތަކުގައި ނިއު މީޑިއާ ބޭނުންކުރުމާއި، ޕްރޮގްރާމްތައް އިޝްތިހާރު ކުރުމަށް ނިއު މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރުން.
· އުފައްދާ ޕްރޮގްރާމްތަކުގެ ޕްރޮމޯ (ޓްރޭލާ) ތައްޔާރުކޮށް ޕްރޮމޯ އޮންއެއަރ ކުރުން.
· އުފައްދާ ޕްރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުން.
· އޮންއެއަރ ޝެޑިއުލް ހެދުމަށް ބޭނުންވާ މަޢުލޫމާތު އޮންއެއަރ ޝެޑިއުލްއަށް ދިނުން.