ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު 480/IUL/2023/13 (19 ފެބްރުއަރީ 2023) އިޢުލާނުން ހުޅުވާލެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު 480/IUL/2023/13 (19 ފެބްރުއަރީ 2023) އިޢުލާނާގުޅިގެން ފޯމު ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަޤާމު:
އެސޯސިއޭޓް ކައުންސެލް
ބޭނުންވާ ޢަދަދު:
1 (އެކެއް)
ގިންތި:
ދާއިމީ
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ
އަސާސީ މުސާރަ:
-/10,500 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: -/2,500 ރުފިޔާ
- ނޮންޕްރެކްޓިސް އެލަވަންސް: -/4,725 ރުފިޔާ
- ފޯނު އެލަވަންސް: -/250 ރުފިޔާ
މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
· ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން؛
· ޤާނޫނީ ދާއިރާގައި މަދުވެގެން 1 އަހަރު މަސައްކަތްކޮށްފައިވުން؛
· ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ޤާނޫނު ނަންބަރު 2019/5 (ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާ އެހީތެރިކަން ދިނުން؛
- ގަވާއިދު ނަންބަރު: 2020/R-47ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހާ މަސައްކަތް ބެލެހެއްޓުން؛
- ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްސީލްކުރުން؛
- ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައެޡިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު
2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)
6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
7. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢޫލާމާތު
· މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
· މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގަންވާނެއެވެ.
· ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
· މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކައުންސިލްގެ ރައީސެވެ.
· ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓު ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
humanresources@maldivesbarcouncil.org
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.