ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
https://gazette.gov.mv/iulaan/192351
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ހޮސްޕިޓަލް ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، ހޮޮސްޕިޓަލުން ހިންގާ އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން
2. ހޮސްޕިޓަލުން ހިންގާ މީޓިންގ، އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެފޮޓޯތައް އެޑިޓްކުރުމާއި އިވެންޓްތަކުގެ ވީޑިއޯ ނެގުމާއި އެވީޑިއޯތައް އެޑިޓްކޮށް އެތަކެތި ރައްކާކުރުން.
3. ބަލިތަކާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓަރތައް ޑިޒައިންކުރުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން.
4. ހޮސްޕިޓަލުން ހިންގާ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުނ.
5. ފޮޓޯގްރެފި، ވީޑީއޯގްރެފީ އަދި ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ތައްޔާރުކުރުން.
6. ހޮސްޕިޓަލަށް ބޭނުންވާ އިންފޯގްރެފިކްސްއާއި، ވީޑިއޯ ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކޮށް ޑިޒައިނިންގެ ތަޖުރިބާ ބޭނުންކޮށްގެން ތައްޔާރުކުރުން.
7. ހޮސްޕިޓަލުން ހަދާ ޕޯސްޓަރު/ލީފްލެޓް/ ބެނަރ/ ވީޑިއޯފަދަ ތަކެތި އާއްމުންނާއި ހިއްސާކުރުމަށް އުފެއްދުންތެރި ޚިޔާލުގެ އަލީގައި ތައްޔާރުކުރުން.
8. ހޮސްޕިޓަލުން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި، ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު އެތަކެތި އާންމުކުރަންޖެހޭ ހާލަތުތަކުގައި އާންމުކުރުން.
9. ފޮޓޯގްރެފީ، 2ޑީ އަދި 3ޑީ އެނިމޭޝަންތައް ތައްޔާރުކުރުން.
10. ހޮސްޕިޓަލުން ރާވާ ނިއުސް ބްރީފިންގ ތަކަށް ދައުވަތު ފޮނުވާ އެ އިވެންޓްތަކުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުމާއި، މީޑިއާއަށް މައުލޫމަތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓްތައް ތައްޔާރުކުރުން.
11. ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ވީޑިއޯ، ޕޯސްޓަރ، ބެނަރ ފަދަަތަކެތި ތައްޔާރުކުރުން.
12. ހޮސްޕިޓަލުގައި ބަހައްޓާ ސައިންބޯޑުތަކާއި އެހެނިހެން ސައިންބޯޑުތައް ޑިޒައިންކޮށްތައްޔާރުކުރުން.
13. މީޑިއާ ޔުނިޓުގެ އެހެނިހެން މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
މަޤާމުގެ ޝަރުތު:
ގްރެފިކްސް ޑިޒައިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.