ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
https://www.gazette.gov.mv/iulaan/234096
މަޤާމުގެ ޝަރުތު:
· ހިއުމަން ރިސޯސް، އޮފީސް މެނޭޖްމެންޓް ފަދަ ދާއިރާއަކުން ޑިޕްލޮމާ އެއް އޮތުމާއެކު ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ،
· ޖީސީ އޭ ލެވެލްއިން 4 މާއްދާއިން ފާސްވެފައިވުމާއެކު، 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ،
· ދާއިރާއިން 8 އަހަރުގެ ތަޖްރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސް ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި ތަޖްރިބާއަށް އަދި މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ދުވަހުން ދުވަހަށް، ހަފްތާއަކު އެއްފަހަރު، އަދި މަހުން މަހަށް މުވައްޒަފުންގެ ޓައިމްޝީޓް އެއްކުރުން؛
· މުވައްޒަފުންގެ މަސައްކަތު ގަޑި ހިސާބުކުރުން؛
· މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާއި އުނިކުރާ ފައިސާގެ ކަންކަން ހިސާބުކުރުން؛
· ޕޭރޯލް ސޮފްޓްވެއަރ ބޭނުންކޮށްގެން މުވައްޒަފުންގެ އުޖޫރަ، ޗެކްކޮށް ތައްޔާރުކުރުން؛
· މުސާރައާއި އިނާޔަތްތައް ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުތަކަށް ފެތޭކަން ކަށަވަރުކުރުން؛
· ޕޭރޯލް ރިޕޯޓް ތައްޔާރުކުރުން؛
· ޕޭމަންޓް ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުން؛
· މުސާރަ އާއި އިނާޔަތްތަކާ ގުޅޭގޮތުން މުވައްޒަފުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން؛
· ކުންފުނީގެ ޑޭޓާބޭސްއަށް މުވައްޒަފުންގެ އާ ޑޭޓާތައް އެންޓަރކޮށް ބެލެހެއްޓުން؛
· މުވައްޒަފުން ބައިވެރިވާ ސްކީމްތަކުގެ މަސައްކަތްކުރުމާއި ޕެންޝަނާބެހޭ މަސައްކަތް ކުރުން؛
· މީގެ އިތުރުންވެސް ހިއުމަން ރިސޯސްއާގުޅޭ މަސައްކަތްތައް ކުރުން.