ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
20 އެޕްރީލް 2025
ނިމުން ތާރީޚް
23 އެޕްރީލް 2025
މުސާރަ
ރުފިޔާ 10,000 - ރުފިޔާ 12,000
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 10,000 - ރުފިޔާ 12,000
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްސީލް
  • ބިދޭސީ މުވައްޒަފުން ހޯދުމުގެ މަސައްކަތާއި ކޮންޓްރެކްޓްގެ މަސައްކަތް ކުރުން؛
  • ބިދޭސީމުވައްޒަފުންގެ މަސައްކަތް ކޮށްދޭ ފަރާތާ ގުޅިގެން އަޕްޑޭޓް ކުރަންޖެހޭ ލިސްޓް، މަހުން މަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  • ބިދޭސީ މުވައްޒަފުންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ނެތް ހާލަތެއްގައި ވޯކް ވިސާ ފީ ދެއްކުމާއި، ވޯކް ވިސާ ކާޑް ހެއްދުމާއި، ވޯރކް ޕާރމިޓް ހެއްދުމާއި، އިންޝުއަރެނސް ހެއްދުމާއި، މެޑިކަލް ހެއްދުމާއި، ޕާސްޕޯޓް ހެއްދުމާއި އަދި މީގެ އިތުރުން ވޯކް ވިސާ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުން؛
  • ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ކުންފުނީގެ ސިޔާސަތާ އެއްގޮތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން؛
  • އައު މަގާމްތަކަށް މެނޭޖްމަންޓްގެ އެޕްރޫވަލް ހޯދުމަށް ތައްޔާރު ކުރަންޖެހޭ ޑޮކިއުމެންޓް ތައްޔާރު ކުރުން؛
  • އިއުލާންގެ މުއްދަތު ހަމަވުމުން މުވައްޒަފަކު ހޮވުމަށް އިންޓަވިއު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން؛ 
  • ޗުއްޓީއާއި ސަލާމް ބަލަހައްޓާ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ނެތް ހާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތް އެ ވަގުތަކު ތިބި މުވައްޒަފުންގެ މެދުގައި ބަހައިގެން ކުރުން؛
  • ހަވާލު ކުރެވިފައިވާ މަސައްކަތާ ގުޅުންހުރި މެއިލްތަކުގައިވާ މަސައްކަތް ނިންމާ ދުވަހުން ދުވަހަށް މެއިލްތަކަށް ޖަވާބުދާރީވުން؛
  • މީޓިންގްތަކުގައި ހުށަހެޅޭ މަސައްކަތުގެ އަޕްޑޭޓްތައް ބެލެހެއްޓުން؛
  • ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ މައުލޫމާތުތައް ނެގުމާއި ތައްޔާރު ކުރަންޖެހޭ ޙާލަތްތަކުގައި ތައްޔާރުކުރުން؛
  • ސޮފްޓްވެއަރ އިން މުވައްޒަފުން ޗުއްޓީއަށް އެދުމުން އެކަމާއިބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސޮފްޓްވެއަރ އިން ކުރުމާއި ޗިޓްގައި ސޮއިކޮށް ފައިލްކޮށް އެކަމުގެ ރެކޯޑް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސަލާމްތައް ދުވަހުން ދުވަހަށް ސިސްޓަމަށް އެންޓަރކޮށް އެ ރެކޯޑްތައް ބެލެހެއްޓުން؛
  • މުސާރައާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ޕޭރޯލްގެ މަސައްކަތްތައް؛
  • ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން؛
  • މިކަންކަމުގެ އިތުރުން ވަޒީފާއާއި ގުޅޭ ގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ހާލަތުގައި އެފަދަ ކަންކަން ކުރުން.
  • https://www.gazette.gov.mv/iulaan/336577

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް
އެންމެ ދަށް ކޮލިފިކޭޝަން
ސާނަވީ ތަޢުލީމު
ޢުމުރު
18+

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގު�
  • ޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Business Administration and Law
ހުނަރުތައް
  • މުއާމަލާތް ކުރުމުގެ ހުނަރު
  • ކޮމްޕިއުޓަރ ސްކިލްސް
  • ހިއުމަން ރސޯސް މެނޭޖްކުރުން
  • މަލްޓިޓާސްކިންގ
  • ޓީމްވޯކް / ކްލަބޮރޭޝަން