ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމް ނަމްބަރު:
J-321943
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކް:
އެމް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން:
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ޖޮބް ސެންޓަރސް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
1. ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންގެ ތެރެއިން ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމާއި އެމަސައްކަތްތައް ކުރުން
2. ޖޮބް ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދަން އެދޭ ފަރާތްތަކަށް ވަޒީފާ ހޯދާނެ ގޮތްތައް މަގުފަހިކޮށްދިނުމާއި ޕޯޓަލްގެ ޒަރިއްއާއިން ވަޒީފާ ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ގޮތްތައް ވަޒީފާދޭ ފަރާތްތަކަށް ކިޔައިދިނުން
3. ޖޮބް ޕޯޓަލް ބޭނުންކުރުމަށް އެދޭ ވަޒީފާދޭ ފަރާތްތަކާ ބައްދަލުކޮށް، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތައް ހިންގުމާއި ޕޯޓަލްގައި ޤާއިމުކުރެވިފައި 'ޖޮބް މެޗިންގ' ގެ ޚިދުމަތާގުޅޭގޮތުން މަޢުލޫމާތު ދިނުން
4. މިނިސްޓްރީން ކަނޑައަޅާ ރަށްރަށަށް ދަތުރުކޮށް ޢާންމު ރައްޔިތުންނާއި ޒުވާނުން އަދި ސްކޫލް ކުދިންނަށް އަމާޒުކޮށް، ޖޮބް ޕޯޓަލް އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި ޖޮބް ސެންޓަރު ބޭނުންކުރާނެ ގޮތާމެދު އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
5. ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން، ޕޯޓަލްގައި ރަޖިސްޓަރ ކުރާނެ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ޕޯޓަލްގެ ޒަރިއްއާއިން ހޯދާނެ ގޮތް ކިޔައިދިނުން
6. ޖޮބް ޕޯޓަލް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، ޕޯޓަލް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތައް ރިޕޯޓުކުރުން
7. ޖޮބް ސެންޓަރ ގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތަށް ފުރިހަމަކުރުމުގައި ބޭނުންތެރި ޚިދުމަތްތަކެއް ކަމުގައި ޔަޤީންކުރުމާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ދެނެގަތުން