ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަގާމު: އިމަރޖެންސީ ރެސްޕޯންސް އޮފިސަރ
ބޭނުންވާ އަދަދު: 01
މަޤާމުގެ ބާވަތް: ދާއިމީ
މަޤާމުގެ ރޭންކް: DMT2-1
ސެކްޝަން / ޔުނިޓް: އިމަރޖެންސީ މެނޭޖްމަންޓް
އޮފީސް: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަގާމުގެ ޝަރުތުތައް:
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
1. މާލެ ސަރަހައްދުގައި ހިނގާ ހާދިސާތަކަށް އިޖާބަ ދިނުން
2. ރަށްރަށުގައި ހިނގާ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ރަށުކައުންސިލްތަކާއި ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ކޯޑިނޭޓްކުރުން
3. ކާރިސާ/ހާދިސާތަކުގެ ސަބަބުން ޙާލުގައިޖެހޭ ފަރާތްތަކަށް، ސަރުކާރުން ކަޑައަޅާފައިވާ އުސޫލުތަކުގެ މަތީން ދޭންޖެހޭ އިންސާނީ އެހީތެރިކަން ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން
4. ކާރިސާތަކުން ލިބޭ ގެއްލުންތައް އަންދާޒާކުރުމަށް ޑެމޭޖް އެސެސްމަންޓްތައް ހެދުމާއި އެހީދިނުމުގެ ކަންކަން ނިންމުމަށް އެމެޖެންސީ އެސިސްޓެންސް އެންޑް ރިކަވަރީ ކޮމެޓީގެ މީޓިންތައް ޤަވައިދުން ކުރިއަށް ގެންދިޔުން
5. ކާރިސާގެ މަޢުލޫމާތު (ދުރާލާ އިންޒާރު) ރަށްތަކަށާއި ސަރަޚައްދުތަކަށް ފެތުރުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުން
6. ކާރިސާތަކާއި ހާދިސާތަކާއި ގުޅިގެން އެހީއަށް އެދި ޢާންމު ފަރާތްތަކާއި ކައުންސިލްތައް އަދި އެހެނިހެން ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޤަވައިދުން ޖަވާބުދާރީވުން
7. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުން
8. މި އޮތޯރިޓީގެ އޮންކޯލް ޓޭބަލް ތައްޔާރުކުރުން
9. ކާރިސާތަކާއި ގުޅޭ އެންމެހާ މައުލޫމާތު ބެލެހެއްޓުން
10. ފުރަތަމަ އިޖާބަދޭ ފަރާތްތަކާއި ނާޒުކު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިޖާބަދިނުމުގެ ޤާބިލްކަންއިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ސުޕަވައިޒަރުގެ އިރުޝާދާއިއެކު އެހީ ތެރިކަން ފޯރުކޮށްދިނުން
11. ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތަކަށް ސުޕަވައިޒަރުގެ އިރުޝާދާއިއެކު އެހީ ތެރިކަން ފޯރުކޮށްދިނުން
12. ރާއްޖެއާއި ރާއްޖެއިންއިން ބޭރުން ލިބޭ ޓްރޭނިންގތަކުގައި ބައިވެރިވުމާއި، ވޯކްޝޮޕް، ސެމިނަރތަކުގައި ބައިވެރިވުމާއި، އެފަދަ ހަރަކާތްތައް ހިންގުމުގައި އެހީތެރިވުމާއި މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 05 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@ndma.gov.mvމެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 އެޕްރީލް 2026 އިން 09 އެޕްރީލް 2026 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@ndma.gov.mv އަށެވެ.