ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
https://www.gazette.gov.mv/iulaan/view/163124
އިޢުލާނު
ބޭނުންވާ އަދަދު:
05
ބޭނުންވާ މުއްދަތު:
06 މަސް ދުވަސް
ވަޒީފާ އަދާކުރަން ޖެހޭ ތަން:
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން / ކ. މާލެ
މަސައްކަތް ކުރަންޖެލޭ ވަގުތު
ހެނދުނު 08:00 ފެށިގެން މެންދުރު 14:00
އިންޓަރންޝިޕްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ޖަވާބުދީ އެ ސުވާލުތަކުން ކުރިމަތިކުރުވާ ޚިދުމަތްތައް ފޯރުކޮށް ދިނުނުމުގައި އެހީތެރިވުން.
2. ޑޮކިއުމަންޓްތައް ސްކޭން ކުރުމާއި، ޕްރިންޓްކުރުމާއި އަދި މިނޫނަސް އެކިއެކި ޑޮކިއުމެންޓްތައް ބެލެހެއްޓުމާއި އެޑޮކިއުމެންޓްތަކާއި ގުޅުންހުރި މަސައްކަތްކުރުން.
3. ފައިލްތަކުގައި ހުރި އެންމެހައި މައުލޫމާތުތައް ރައްކާއުތެރިކަމާއި ގުޅުންހުރި މަސައްކަތްކުރުން.
4. އިދާރީ އަދި އިންސާނީ ވަޞީލަތާއި ގުޅުންހުރި ކަންކަމުގައި އިދާރީގޮތުން ބޭނުންވާ އެހީތެރިކަމާއި ގުޅުންހުރި ކަންކަން ކުރުން.
5. މިނޫނަސް އިދާރިގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކަމުގައި އެހީތެރިވުން.
ޝަރުޠުތައް:
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން (އިނގިރޭސީ މި މާއްދާ ހިމެނޭގޮތަށް) ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދެ ސިޓީ
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
އިންޓަރންޝިޕަށް އެދެންވީގޮތާއި ސެންގަޑި:
ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ސެޕްޓެމްބަރ 2021، ގެ 14:00 ކުރިން، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (career@transport.gov.mv) އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3037502 އަށެވެ. އީ-މެއިލް ކުރާނީ career@transport.gov.mv އަށެވެ.