ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
31 މޭ 2022
ނިމުން ތާރީޚް
7 ޖޫން 2022
މުސާރަ
ރުފިޔާ 7,035+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ކޮންޓްރެކްޓް
ހުސް ވަޒީފާތައް
2
ޖަމިއްޔާ
ދުވާފަރު

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 7,035+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ސަޕޯރޓް ކޯ އެލަވަންސް: 900.00 ރުފިޔާ
ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ
ވަޒީފާގެ ތަފްސީލް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ޖޮބް ސެންޓަރ އޮފިސަރ، ދުވާފަރު

ބޭނުންވާ ޢަދަދު:

02 (ދޭއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޖޮބް ސެންޓަރ ދުވާފަރު

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން

މުސާރަ:

7،035.00 ރުފިޔާ

ސަޕޯރޓް ކޯ އެލަވަންސް:

900.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާ ދޭފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމުގައި އިސްނަގައިގެން މަސައްކަތްތައް ކުރުން.
  2. ޖޮބް ސެންޓަރ ގެ ވެބްސައިޓް ބެލެހެއްޓުން އަދި ލިބޭ އެޕްލިކޭޝަން ޑޭޓާބޭސް ބެލެހެއްޓުން އަދި އެޕްލިކޭޝަންއާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން
  3. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަޙުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުން.
  4. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންނަށް މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން

5.      ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.

  1. ވަޒިފާ ހޯދާ ފަރާތްކަށް ވަޒީފާއެއް ހޯދުމަތް ޖޮބް ސެންޓރގެ ވެބް ސައިޓް މެދުވެރިކޮށް އެހީތެރިވެދިނުން.
  2. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހަވާލު ކުރާ އެހެނިހެން މަސައްކަތ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

·         ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)

·         ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

·         ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

·         ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ

·         ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)

·         ޕޮލިސް ސެޓްފިކެޓް

·         ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް

·         ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

07 ޖޫން 2022 ވަނަ ދުވަހުގެ 15:00 އަށް

 

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ޖޫން 2022 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްhr@bcc.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާށް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް
އެންމެ ދަށް ކޮލިފިކޭޝަން
އޯލެވެލް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ކޮންޓްރެކްޓް