ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަގާމު: މަސައްކަތު / JN-17
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަގާމުގެ ބާވަތް: ދާއިމީ
މަގާމުގެ ރޭންކް: DMA1-1
ސެކްޝަން / ޔުނިޓް: އެޑްމިން އެންޑް އެޗް. އާރު
އޮފީސް: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
1. ރާއްޖެއަށް ދިމާވާ ކުއްލި ހާލަތްތަކުގައި މި އޮތޯރިޓީން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި މިއޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
2. މިއޮތޯރިޓީގެ އޮފީސް ޢިމާރާތް އެތެރެ އާއި ބޭރު ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، ކުނި އުކާލުމުގެ މަސައްކަތްތައް ކުރުން.
3. އޮފީސް އިމާރާތުގެ ގޮނޑި، މޭޒު، އިކްއިޕްމަންޓް އަދި އެހެނިހެން ތަކެތި ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.
4. މީޓިންގ ތަކަށް ސައި ތައްޔާރުކުރުމާއި މުވައްޒަފުންނަށް ސައިގެ ކަންތައްތައް ކުރެވޭގޮތަށް ސައިކޮޓަރި ސާފުކޮށް ކޮންމެ ދުވަހަކު ބެލެހެއްޓުން.
5. މިއޮތޯރިޓީގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ފާޚާނާތަކުގައި ބަހައްޓަންޖެހޭ ޓޮއިލެޓްޕޭޕަރ އަދި ސައިބޯނިފަދަތަކެތި ޤަވާޢިދުން ހަމަކޮށްފައި ބެހެއްޓުން.
6. މިއޮތޯރިޓީގެ މީޓިންގ ރޫމުތައް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި، މީޓިންއަށް ސައި ނުވަތަ ކޮފީ ހަމަޖައްސަންޖެހޭ ދުވަސްދުވަހު އެފަދަ މަސައްކަތްތައް ކުރުން.
7. އޮފީސް ނިމޭގަޑީގައި މީޓިންގ ރޫމާއި ސައިކޮޓަރީގެ ލައިޓް އާއި އޭސީފަދަ ނިއްވަންޖެހޭ ތަކެތި ނިއްވާލާފައި ބެހެއްޓުން.
8. މިއޮތޯރިޓީން ކުރަންޖެހޭ ކުއްލި އިމަރޖެންސީ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
މަގާމުގެ ޝަރުތުތައް:
1 ލިޔަން ކިޔަން އެނގުމާއެކު މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
2 ނޯޓް: ލިޔަން ކިޔަން އެނގޭކަން ކަށަވަރުވާފަދަ ލިޔުމެއް ހުށައެޅުން. .
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
· ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
· މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
· ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 އެޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@ndma.gov.mv މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އެޕްރީލް 2026 – 23 އެޕްރީލް 2026 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@ndma.gov.mv އަށެވެ.