ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
https://www.gazette.gov.mv/iulaan/233151
މަޤާމުގެ ޝަރުތު:
· މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
· ނުވަތަ ހިއުމަން ރިސޯސް ފަދަ ދާއިރާއަކުން ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ޑިޕާޓްމަންޓް ހެޑްގެ ލަފައާއި އިރުޝާދުގެ ދަށުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަކާއި ލޮޖިސްޓިކް މަސައްކަތްތަކާއި ކޯޕަރޭޓް ސަރވިސް އާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި، ހިންގުމާއި މޮނިޓަރކުރަމުން ގެންދިއުން؛
· ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުންފުނީގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްތައް ކުރުން؛
· ޖެނެރަލް އެޑްމިން ޔުނިޓް، ކަސްޓަމަރ ސަރވިސް ޔުނިޓް، ލޮޖިސްޓިކް އެންޑް ސެކިޔުރިޓީ ޔުނިޓް، އިލެކްޓްރިކް އެންޑް އޭސީ މެއިންޓެނަންސް ޔުނިޓް އަދި ޖެނެރަލް މެއިންޓެނަންސް ޔުނިޓްގެ މަސައްކަތްތައް ރާވާ، މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި ހިނގާ ނުހިގާ ގޮތް ބަލައި، މޮނިޓަރކުރުން؛
· ކުންފުނީގެ އިންފްރާސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން އަދި ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން؛
· ކުންފުނީގެ ސެންޓްރަލް ސްޓޮކްގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން؛
· ކުންފުންނާއި އެހެން ފަރާތްތަކާ ދެމެދު ހެދޭ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާ ގުޅޭ އެގްރިމަންޓްތައް ހެދުމާއި ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުން؛
· މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމާއި ބެލެހެއްޓުން؛
· އެކި ފަރާތްތަކުން ކުންފުންޏަށް ލިބޭ ސިޓީ، މެއިލް ފަދަ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ލިބިދިނުމާއި އެކަން ފުރިހަމަކުރުމުގެ ކަންކަން ބަލަމުން ގެންދިއުން؛
· ކުންފުނީގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިޔުންތައް ފޮނުވުން؛
· ދައުލަތުގެ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތައް ބަދަލުކުރުމުގެ ނިޒާމްގެ ތެރެއިން ކުންފުނީގެ ފަރާތުން ބަދަލުކުރަންޖެހޭ ލިޔެކިޔުން ބަދަލުކުރުމާއި އާރކައިވްކުރުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން؛