ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމް
މެނޭޖަރ ލީގަލް
މަޤާމުގެ ރޭންކް
L3 - B1
ބޭނުންވާ ޢަދަދު:
01
ވަޒީފާ އަދާ ކުރަންޖެހޭ ތަން
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
ޑިޕާޓްމަންޓް
ލީގަލް
ވަޒީފާގެ ބާވަތް
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
ރަސްމީ މަސައްކަތު ގަޑި
ހަފްތާއަކު 05 ދުވަހު – ދުވާލަކު 8 ގަޑިއިރު
އަސާސީ މުސާރަ
10,500/- ރުފިޔާ
ސަރވިސް އެލަވަންސް
-/4,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
· ސަޕޯޓް ސަރވިސް އެލަވަންސް: މަހަކަށް -/3510 ރުފިޔާ
· ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
· ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
· އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
· ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
· ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· މީގެ އިތުރުންވެސް ކޮމިއުނިކޭޝަން އެލަވަންސާއި އެހެނިހެން އެލަވަންސެއް ދޭން ޖެހިއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
މަޤާމުގެ ޝަރުތު:
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މެނެޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މެނެޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
· މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށް ކޮށްފައިވުމާއެކު މެނެޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· މިމަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
· މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:-
- މީހުންނާ މުއާމަލާތްކުރުމުގައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއި އިޚްތިރާމާއެކު މުޢާމަލާތުކުރުން.
- މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް، ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
- ސިއްރު ހިފެހެއްޓުން.
- މި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން.
- ތަހުލީލީ އަދި ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ހުރުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަގަޅަށް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި އަދި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ/ޖަމާޢަތްކުން އަންނަ ސިޓީތަކަށް ލީގަލް ޔުނިޓުން ޖަވާބުދާރީވާންޖެހޭ އެންމެހައި ސިޓީތަކާއި ލިޔުންތަކަށް ޖަވާބުދާރީވުން.
· ލީގަލް ޔުނިޓުން ބައިވެރިވާންޖެހޭ އެންމެހައި ބައްދަލުވުންތަކުގައި ބައިވެރިވުން.
· ކުންފުނީގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުންފުނިން ކުރަމުންދޭތޯ ބެލުމާއި، ޤާނޫނުން ލާޒިމްކުރާ ކަންކަން ނުކުރެވި ހުންނަނަމަ އެކަމެއް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
· ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރާ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި ޑިރެކްޓަރުންގެ ބޯޑަށް ޤާނޫނީ ލަފާ ދިނުން.
· ކުންފުނީގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި، މެނޭޖްމަންޓުން ނިންމައިފިނަމަ އެ އިޞްލާޙެއް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑަށާއި، މެނޭޖްމަންޓަށް ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.
· ބިޑް ކޮމެޓީން ނިންމާ މައްސަލަތަކުގައި ޤާނޫނީގޮތުން އުފެދޭ ޚުސޫމަތުތަކާބެހޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތުތަކުގައި ޤާނޫނީލަފާ ދިނުން.
· ކުންފުނީ ޑިޕާރޓްމަންޓްތައް ހިންގުމުގައި ޤާނޫނީގޮތުން ދިމާވާ މައްސަލަތަކުގައި މެނޭޖްމަންޓަށް ޤާނޫނީ ލަފާ ދިނުން.
· އަލަށް އެކުލަވާލާ އެއްބަސްވުންތަކުގެ ޑްރާފްޓް އެކުލަވާލުމާއި، އިންޓާރނަލް، ޕޮލިސީތައް ޑްރާފްޓް ޗެކްކުރުމާއި، އެލިއުންތައް ތައްޔާރު ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެމަތީން ކަން ކަށަވަރު ކުރުން.
· ކުންފުންޏާއި، އެހެން ފަރާތްތަކާދެމެދު ވެވޭ އެއްބަސްވުންތައް ތަންފީޛު ކުރުމުގައި މިކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށްފަހު ފުރިހަމައަށް ޒިންމާ އަދާ ނުކުރާކަން ފާހަގަ ނުކުރެވޭނަމަ އެކަންކަން، ކަމާގުޅޭ ޑިޕާޓްމަންޓް ހިންގަން ހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން.
· ކުންފުނީގެ ފަރާތުން ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ދަޢުވާ ފޯރމާއި އެއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުން.
· ކުންފުންޏާއި ދެކޮޅަށް ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާއި ކުންފުނިން ކޯޓްތަކަށް ހުޅަހަޅާ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ކޯޓު އަމުރުތަކަށް ކޯޓަށް ޙާޟިރުވެ ކުންފުނީގެ ފަރާތުން ވަކާލާތު ކުރުން.
· ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ކަމާބެހޭ ޑިޕާރޓްމަންޓަށް ލަފާ ދިނުމާއި، އެޙުކުމެއްގެ ތަންފީޒުވެ ނިމެންދެން މޮނިޓަކޮށް ބަލަމުން ދިއުން.
· ކޯޓްތަކުގައި ކުރިއަށްދާ މިކުންފުންޏާއި ގުޅުންހުރި މައްސަލަތަކާއިގުޅޭ މަޢުލޫމާތު މެނޭޖްމަންޓަށް ދެމުން ގެންދިއުން.
· ރެގިއުލޭޓަރީ ކަންތައްތައް ކުރިއަށްދާގޮތް މޮނީޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އަދި ކަމާގުޅޭގޮތުން ލިބެންޖެހޭ މަޢުލޫމާތުތައް ފުރިހަމައަށް ލިބޭކަން ކަށަވަރުކުރުމަށް ޗެކްލިސްޓެއް ހަދައި ބެލެހެއްޓުން.
· ޤާނޫނުތަކާއި އެއްގޮތައް ކަންތައްތައް ހިނގާތޯ ޤާވާޢިދުން ބަލަހައްޓައި، ބަދަލު ގެންނަންޖެހޭ ކަމަށް ފާހަގަވާ ކަންތައްތައް މެނޭޖްމަންޓާއި ޙިއްޞާކުރުން.
· މަސްދުވަހުގެ ރިޕޯރޓާއި އަހަރީ ރިޕޯރޓް ޤަވާޢިދުން ތައްޔާރުކުރުން.
· މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
· ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
· ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
· ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
· މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
) އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ. (
ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ recruitment@psm.mv އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢްލޫމާތު:
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000368 ފޯނާ ގުޅުއްވުން އެދެމެވެ.