ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު IUL/2022/480/21 (02 މޭ 2023) ، IUL/2022/480/22 (11 މޭ 2023) އަދި IUL/2022/480/23 (29 މޭ 2023) އިޢުލާނުތަކުން ހުޅުވާލެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާނުތަކުގައިވާ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު އިތުރުކޮށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. އިސްވެ ދެންނެވުނު ނަންބަރު ޢިއުލާނުތަކާއިގުޅިގެން ފޯމު ހުށަހެޅިފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ެޒެޓް ލިންކް: https://www.gazette.gov.mv/iulaan/245350
މަޤާމު:
ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ ޢަދަދު:
- 1 (އެކެއް)
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
- ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ
މަޤާމުގެ ގިންތި:
- ދާއިމީ
އަސާސީ މުސާރަ:
- -/5،610 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ
- ފޯނު އެލަވަންސް: -/250 ރުފިޔާ
- މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން ނުވަތަ:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ރާއްޖެއާއި ރާއްޖޭން ބޭރުން އޮފީހަށް ގަންނަން ޖެހޭ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގަތުމުގެ މަސައްކަތް ކުރުން
- އޮފީހަށް މަދުވާ/ގަންނަން އެދޭ ތަކެތި ގަތުމަށް ރިކުއެސްޓް ލިބުމުން/ ހޯދާ ޕްރޮސެސްކުރުން
- އިޢުލާންކޮށްގެން ކުރުވަން ޖެހޭ މަސައްކަތްތަކާއި ހޯދަން ޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން
- މަޢުލޫމާތު ދިނުމަށް ތައްޔާރުކުރަން ޖެހޭ ލިޔުންތައް ހަމަކޮށް އިޢުލާނުގައިވާ ގަޑިއަށް މަޢުލޫމާތި ދިނުން
- ބިޑްތައް އިވަލުއޭޓްކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ލިޔުންތައް ހަމަކޮށް އިޢުލާނުގައިވާ ގަޑިއަށް މައުލޫމާތު ދިނުން
- ބިޑްތައް އިވަލުއޭޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
- އަހަރީ ޕްރޮކިއުމެންޓް ޕްލޭން އެކުލަވާލާ ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު
2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)
6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
7. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢޫލާމާތު
· މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
· މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގަންވާނެއެވެ.
· ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
· މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކައުންސިލްގެ ރައީސެވެ.
· ވަޒީފާ ދާއިމީ ކުރެވޭނީ 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައެވެ.
· ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓު ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
humanresources@maldivesbarcouncil.org
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.