ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
20 ޖޫން 2022
ނިމުން ތާރީޚް
30 ޖޫން 2022
މުސާރަ
ރުފިޔާ 16,409 އާ ހަމައަށް
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 16,409 އާ ހަމައަށް
ވަޒީފާގެ ތަފްސީލް

މިއީ އެމްޖޭއޭގެ ޕާޓްނަރުން ކަމަށްވާ އިންޓަނިއުސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގުޅިގެން "ޔޫރަޕިއަން އިންސްޓްރޫމެންޓް ފޯ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް" ޕްރޮގްރާމްގެ ދަށުން ޔޫރަޕިއަން ކޮމިޝަނުން ފައިސާ ދީގެން ރާއްޖޭގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ "ސްޓްރޯންގް މީޑިއާ ތްރޫ އެންހޭންސްޑް ފްރީޑަމް އޮފް އެކްސްޕްރެޝަން އެންޑް ރައިޓް ޓް އިންފޮމޭޝަން" ޕްރޮޖެކްޓް (އީއައިޑީއެޗްއާރު) މަޝްރޫއު.  މި މަޝްރޫއުގެ ދަށުން  ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ފެތުރުމާއި ދޮގު ހަބަރު ދެނެގަންނަން މީހުން ހޭލުންތެރިތެރި ކުރުމާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޮގު ހަބަރު ފެތުރުމާއި ނޫސްވެރިންނަށް ޑިޖިޓަލް އަދި ޖިސްމާނީ އިންޒާރުދިނުމުގެ މައްސަލަތަކަށް ހައްލު ހޯދުމާއި ނޫސްވެރިންނަށް އެހީތެރިވެދީ މީޑިއާ ދާއިރާ ޕްރޮފެޝަނަލައިޒޭޝަން ރަނގަޅު ކުރުމަށް ހަރަކާތްތައް ހިންގާނެ. 

އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރުމަށް އެމް.ޖޭ.އޭ އިން، ތިރީގައި ބަޔާންކޮށްފައިވާ މަގާމަށް ހުޅުވާލަން: 

  • މަޤާމު: ޕްރޮޖެކްޓް މެނޭޖަރ (ފުލްޓައިމް)
  • ތަން: މާލެ، ދިވެހިރާއްޖެ
  • ފެށުން: ޖުލައި 2022
  • މުއްދަތު: ދެ އަހަރު (ޖުލައި 2022 އިން ޖޫން 2024 އަށް)
  • މުސާރަ: މަހަކު 1013 ޔޫރޯ (ޔޫއެސްޑީ ނުވަތަ އެމްވީއާރު އިން އެއާ އެއްވަރު)

މަސްއޫލިއްޔަތުތަކާއި ޒިންމާތައް: 

● “ސްޓްރޯންގ މީޑިއާ ތްރޫ އެންހޭންސްޑް ފްރީޑަމް އޮފް އެކްސްޕްރެޝަން އެންޑް ރައިޓް ޓު އިންފޮމޭޝަން” ޕްރޮޖެކްޓްގެ ދަށުން ހަރަކާތްތައް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރުން
● ޕްރޮޖެކްޓް މުއްދަތުގައި އިންޓަރނިއުސް އަދި އައިއެފްޖޭއިން މިޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކަންކަން ކޯޑިނޭޓްކުރުމާއި ކަންކަމަށް މަގުފަހިކޮށްދިނުން
● އެމްޖޭއޭގެ ހިންގުން ހަރުދަނާ ކުރުމުގައި އިސް ދައުރެއް އަދާކުރުމާއި، ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅައި ފާސްކުރާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކާއި، ވޯކް ޕްލޭންތަކާއި، ބަޖެޓްތައް އަދި ޕްރޮޖެކްޓްގެ ހަރަކާތްތައް ާރާވައި، ތަންފީޒުކޮށް، މޮނިޓަރކުރުމުގެ ޒިންމާ އުފުލުން
● ޕްރޮޖެކްޓްގެ ހަރަކާތްތައް ޑޯނަރާއި ފަންޑް މެނޭޖްމަންޓްގެ ޝަރުޠުތަކާ އެއްގޮތަށް މުއްދަތަށް ނިންމުމަށްޓަކައި އިންޓަރނިއުސްއާއި ޔޫރަޕިއަން ކޮމިޝަނަށް ޕްރޮޖެކްޓްގެ މޮނިޓަރިންގ، ރިޕޯޓިންގ އަދި ކޮމިއުނިކޭޝަންގައި ކޮމްޕޮނެންޓްގައި އިސް ދައުރު އަދާކުރުން
● އެކްޓިވިޓީ ރިޕޯޓްތަކާއި، ޓްރެއިނިންގ ރިޕޯޓްތަކާއި، ޕްރޮސެސް ޑޮކިއުމަންޓޭޝަން އާއި، ބަދަލުވާ ވާހަކަތަކާއި، ކާމިޔާބީގެ ވާހަކަތަކާއި، ޕްރޮޖެކްޓްގެ ފައިދާ ލިބޭ ފަރާތްތަކުގެ ވާހަކަތަކާއި، އެމްޖޭއޭ އަދި އައިއެފްޖޭގެ ސޯޝަލް މީޑިއާއާއި ވެބްސައިޓްތަކަށް ބޭނުންވާ ކޮންޓެންޓް ޑްރާފްޓްކުރުން
● ޕްރޮޖެކްޓަށް ކުރާ ހަރަދުތައް ކުރަނީ ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށްތޯ ބެލުމަށް މޮނިޓަރކޮށް، އެޑްމިން އަދި ފައިނޭންސް އޮފިސަރަށް ފައިނޭންޝަލް ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން
● ޕްރޮޖެކްޓް ކޯޑިނޭޓަރ (ފުލްޓައިމް) އަދި ފައިނޭންސް އޮފީސް (ޕާޓްޓައިމް) ގެ ލައިން މެނޭޖަރުންގެ ގޮތުގައި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ރިޕޯޓިންގ އާއި ލިޔެކިޔުންތަކާއެކު ނިމިފައިވާތޯ ބެލުން

ހުންނަން ޖެހޭ ޝަރުތުތައް:

● ޕްރޮޖެކްޓް މެނޭޖްމަންޓާއި ރިސާޗް ކޯޑިނޭޝަން އާއި ޓްރެއިނިންގ ފޯރުކޮށްދިނުމާއި މޮނިޓަރިންގ އަދި އިވެލުއޭޝަން އާއި ފައިނޭންޝަލް މެނޭޖްމަންޓްގެ ތަޖުރިބާ ހުރުން
● ރާއްޖޭގައި ޕްރޮޖެކްޓް މެނޭޖްމަންޓާއި، ޑިވެލޮޕްމަންޓް ކޮމިއުނިކޭޝަންސް، ޓްރޭޑް ޔޫނިއަން އެކްޓިވިޒަމް، ލޭބަރ ރައިޓްސް އަދި/ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްސަލަތަކުގައި ވަކާލާތުކުރުމުގެ މަސައްކަތްތަކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
● މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، މީޑިއާގެ ޖިންސީ ހަމަހަމަކަމާއި، ޑިޖިޓަލް އޯގަނައިޒިންގ، މީޑިއާ ރައިޓްސް މޮނިޓަރިންގ އާއި ގުޅުންހުރި މައްސަލަތައް، މީޑިއާގެ ހައްގުތަކާ ގުޅޭ ޖަމްއިއްޔާތަކުގައި ހަރަކާތްތެރިވުމުގެ ތަޖުރިބާ ހުރި ނަމަ މިއީ އިތުރު ބާރެއް
● މުވާޞަލާތު ކުރުމުގެ ހުނަރުހުރުން – ފަރިތަކަމާ އެކު ދިވެހި އަދި އިނގިރޭސި ބަހުން (ލިޔުން، އަނގަބަހުން، ކިޔަން) އެނގުން
● ނޫސްވެރިކަމުގެ މިނިވަންކަމަށް، މީޑިއާގައި ޖެންޑަރ އިކުއިޓީ، ޑިޖިޓަލް އޯގަނައިޒޭޝަން، ޓްރޭޑް ޔޫނިއަން މޫވްމަންޓް، ޔޫނިއަން އަދި މީޑިއާގައި ޖެންޑަރ މެއިންސްޓްރީމިންގ , އިންޓަރނެޓް ޝަޓްޑައުން، ސަރވޭލަންސް، ސެންސަރޝިޕް ފަދަ ކަންކަމަށް އަސަރުކުރާ މައްސަލަތަކާ ބެހޭގޮތުން ޢިލްމާއި ތަޖުރިބާ ހުރުން 
● ރާއްޖޭގައި ހުރި ޑިޖިޓަލް ރައްކާތެރިކަމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ ސިޔާސީ މަސްރަހު މައްސަލަތަކާ މީޑިއާޔާ އޮތް ގުޅުމަށް ލޯ ހުޅުވިފައިވާ ފަރާތެއް ކަމުގައިވުން 
● ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަންސް/ ޑިވެލޮޕްމަންޓް މެނޭޖްމަންޓް/ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ކަމާބެހޭ އެއްވެސް ދާއިރާއަކުން ޔުނިވަރސިޓީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް
އެންމެ ދަށް ކޮލިފިކޭޝަން
ޑިޕްލޮމާ

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ކަވަރ ލެޓާ
  • ސީވީ

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް
ހުނަރުތައް
  • ޕްރޮޖެކްޓް މެނޭޖްމަންޓް