ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމް :
ސީނިއަރ ކްރިއޭޓިވް ޑިޒައިނަރ
ބޭނުންވާ އަދަދު:
1 (އެކެއް)
މުސާރައާއި އެލަވަންސް:
1. މުސާރަ: މަހަކު -/12،000 ރ ( ބާރަ ހާސް ރުފިޔާ)
2. ސަރވިސް އެލަވަންސް: މަހަކު -5،000 ރ (ފަސް ހާސް ރުފިޔާ)
3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރ ( ސަތޭކަ ވިހި ރުފިޔާ )
4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
އޮފީސް :
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ޔުނިޓް :
ސޭލްސް، މަރކެޓިންގ އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
· ގްރެފިކް ޑިޒައިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަސައްކަތްކޮށް، 1 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
· ގްރެފިކް ޑިޒައިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަސައްކަތްކޮށް، 5 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
· ކުންފުނީގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި މާރކެޓިންގ ވީޑިއޯ ކުލިޕްސްތައް ހެދުން
· ޕޯސްޓޭޖް ސްޓޭމްޕާއި ފިލަޓެލިކް ސްޓޭޕް، ޕޯސްޓަލް ސެޓޭޝަނަރީ، ފިލަޓެލިކް ސްވެނިއަރ ޑިޒައިން ކުރުން
· ކުންފުނީގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްސްތައް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ބްރޭންޑް މަރޗަންޑައިޒް ސްޕެސިފިކޭޝަނާއެކު ޑިޒައިންކުރުން
· ކުންފުނީގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްސްތައް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ބްރޭންޑް ގްރެފިކްސް ތައްޔާރުކުރުން
· ކޯޕަރޭޓް ރިޕޯޓްތައް ޑިޒައިން ކުރުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
· ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
· މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ބޭނުން ކުރަން އެނގުން
· ލިބިފައިވާ ތަޢުލީމާއި ތަމްރީން
· މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު
· ކުރެވޭ އިންޓަރވިއުއިން ފާސްވުން
· ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން އަދި މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމުން
· ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
ރަސްމީ މަސައްކަތު ގަޑި:
· ހެނދުނު 08:00 އިން 15:00 އަށް
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
· ވަޒީފާއަށްއެދޭ ފޯމް
· ވަނަވަރު (ސީވީ)
· އައިޑީ ކާޑުގެ ކޮޕީ
· ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
· ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
· ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، careers@maldivespost.com އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިންޓަވިއު:
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް އެދޭނެ ގޮތް:
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form
އިތުރު މަޢުލޫމާތު:
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
· މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.