ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމު:
ސީނިއަރ ޕްރޮކިއުމެންޓް އޮފިސަރ
މަޤާމުގެ ނަންބަރު:
J-439005
ބޭނުންވާ އަދަދު:
1 (އެކެއް)
މަޤާމުގެ ގިންތި:
ދާއިމީ
ރޭންކު:
ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1
މަޤާމުގެ ކްލެސިފިކޭޝަން:
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ނެޝަނަލް ކެރިއަރ ސަރވިސް ، އަމީން އެވެނިއު އޯކް ، 1 ފްލޯ / ހުޅުމާލެ
ސެކްޝަން/ޔުނިޓް:
އެޑްމިނިސްޓްރޭޝަން ސެކްޝަން / ޕްރޮކިއުމަންޓް ޔުނިޓް
މުސާރަ:
-/9845 ރުފިޔާ
މަޤާމުގެ އެލަވަންސް:
-/4595 ރުފިޔާ
އެހެނިހެން އެލަވަންސް:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. އިދާރާގެ ޕްރޮކިއުމަންޓާގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިޔަށް ގެންދިއުމާއެކު، ބީލަންތަކާއިމެދު ގޮތެއް ނިންމުމަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން މަސައްކަތްކުރުމާއި ހަވާލުކޮށްފައިވާ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ޒިންމާދާރުކަމާއެކު ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން.
2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރާއަށް ގަންނަންޖެހޭ އެންމެހާ މުދާ ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިދާރާއިން ޕްރޮކިއުކުރަންޖެހޭ މަސައްކަތްތަކާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައިވާ ގޮތުގެ މަތިން ޕޮރިކިއު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
3. އިދާރާއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްގެ އިޢުލާން ތައްޔާރުކުރުމާއި އިޢުލާންކުރުމާއި، މަޢުލޫމާތު ދިނުމާއި، ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކުރުން.
4. އިދާރާއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ބިޑް ކޮމިޓީއަށް ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމާއި ބިޑް ކޮމިޓީއަށް ޕްރޮކިއުމަންޓްތައް ހުށަހެޅުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
5. ކޮންމެ އަހަރެއް ފެށޭއިރު، އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ދެނެގަނެ، ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލައި ފައިނަލްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
6. މަސައްކަތް ހަވާލުކުރުމަށް އެކުލަވާލެވޭ އެގްރީމަންޓްތައް ތައްޔާރުކޮށް ޤާނޫނީ ލަފާ ހޯދުމަށްފަހު ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މަސައްކަތް ކުރިއަށް ދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
7. އިދާރާގެ ޕްރޮކިއުމަންޓާގުޅޭ ގޮތުން އެކުލަވާލެވޭ އެގްރީމަންޓުތަކުގެ ރަޖިސްޓްރީ އެކުލަވާލުމާއި ރަޖިސްޓްރީ ބެލެހެއްޓުން.
8. ބަޑޭރި ޕޯޓަލް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ ޕްރޮކިއުމަންޓާއި ގުޅޭ މަސައްކަތްތައް ކުރުމާއި ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓުން.
9. އިންވޮއިސް ލިބުމުން ހުރިހާ ޑޮކިއުމަންޓްސްތައް ތައްޔާރުކޮށް ޕޭމަންޓް ހެދުމަށް ފައިނޭންސް ޔުނިޓަށް ފޮނުވުން.
މަޤާމުގެ ޝަރުޠުތައް:
ތަޢުލީމީ ރޮނގުތައް:
ގުޅޭ ވަޒީފާގެ ދާއިރާތައް:
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖަނަވަރީ 2026 (އަންގާރ) ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ކެރިއަރސް ސަރވިސް ޕޯޓަލް (ޖޮބް ސެންޓަރގެ ޕޯޓަލް) މެދުވެރިކޮށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 29 ޖަނަވަރީ 2026 އިން 12 ފެބްރުވަރީ 2026 އާއި ދެމެދު، ނޭޝަނަލް ކެރިއަރސް ސަވިސްގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039960 އަށެވެ. އީ-މެއިލް ކުރާނީ recruitment@ncs.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.