ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމް ނަމްބަރު:
J-321707
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކް:
އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން:
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން:
އައިޓީ ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ހެދުމުގައި ސެކްޝަން ހެޑް އަށް އެހީތެރިވުމާއި، ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް ބެލެހެއްޓުމާއި އެހެން މުވައްޒަފުންނަށް ސަޕޯރޓް ދިނުން.
2. މިނިސްޓްރީގެ އައިޓީ އިންފްރާސްޓްރަކްޗަރ އަށް ބޭނުންވާ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުން.
3. މިނިސްޓްރީއަށް ބޭނުންވާ ސޮފްޓްވެއަރ ހޯދުމަށް އެސެސްމަންޓް ހެދުމާއި ބަޖެޓް ކުރުން.
4. މިނިސްޓްރީއިން އެންސީއައިޓީ މެދުވެރިކޮށް ބޭނުން ކުރާ ހުރިހާ ހިދުމަތްތައް މެދުނުކެނޑި ލިބޭކަން ޔަޤީން ކުރުން.
5. މިނިސްޓްރީގެ އައިޓީ އިންފްރާސްޓްރަކްޗަރ ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް އިމްޕްލިމެންޓް ކުރުމުގައި އެހީތެރިވުމާއި އިމްޕްލިމެންޓް ކުރެވިފައިވަނީ އުސޫލާއި އެއްގޮތައްކަން ޔަޤީން ކުރުން.
6. މިނިސްޓްރީގެ ވެބްސައިޓްތަކާއި ވެބް އެޕްލިކޭޝަންތަކާއި އަދި މިނިސްޓްރީގެ ހިދުމަތްތައް ދިނުމުގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތައް މެނޭޖްކުރުން.
7. މިނިސްޓްރީން ބޭނުން ކުރާ ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި އަލަށް ބޭނުންވާ މޮޑިއުލް ތަކުގެ އެސެސްމަންޓް ހެދުމުގައި އެހީތެރިވުމާއި، ސިސްޓަމް ޑިޒައިންކުރުމަށް ބޭނުންވާ ޕްރޮސެސް އަނަލިސިސް ހެދުމަށް ޤާނޫނުތަކާއި ޤަވާއިދު ރިވިއުކޮށް އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމުގައި އެހީތެރިވުމާއި އިންޓަރނަލް އަދި އެކްސްޓަރނަލް މީޓިންގްތަށް ކޯޑިނޭޓްކުރުމާއި، އަލަށް ޑިޕްލޮއި ކުރވޭ މޮޑިއުލްތަށް ޓެސްޓްކުރުމުގައި އެހީތެރިވުމާއި އަދި ލައިވްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
8. މިނިސްޓްރީގެ އައިޓީ ސަޕޯރޓް ޓީމް މޮނީޓަރ ކުރުން.
9. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން.
10. އައިޓީ ސެކްޝަން ހެޑްގެ އިރުޝާދާއި އެއްގޮތަށް ދުވަހުންދުވަހަށް ހަވާލު ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދިއުން.
11. މިނިސްޓްރީގެ ދަށުން ހިނގާ އެހެނިހެން ކުންފުނި ތަކާއި އޮފީސްތަކުގެ އައިޓީ މަސައްކަތްތަކަށް އެޓެންޑްވުން.