ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.
މަޤާމް:
ސީނިއަރ ފައިނޭންސް އޮފިސަރ
ބޭނުންވާ ޢަދަދު:
1
މުއްދަތު:
1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ ބާ ކައުންސިލް
މަސައްކަތުގެ ދާއިރާ:
ކޯޕަރޭޓް އެފެއާޒް
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
-/12,625 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން؛
- އެކައުންޓިންގ، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދު ހާސިލްކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފައިނޭންޝަލް ޕޮލިސީއާ އެއްގޮތްވާގޮތަށް ބާ ކައުންސިލުގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
2. ބާ ކައުންސިލުގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި ބާ ކައުންސިލަށް ލިބޭ ފައިސާ ބަލައިގަތުމާއި، ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން؛
3. އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތައް އަދި އެހެނިހެން ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
4. މުވައްޒަފުންގެ މުސާރައާއި ޕެންޝަން ތައްޔާރުކޮށް ބެންކަށް ފޮނުވުން؛
5. ބާ ކައުންސިލުގެ މާލީ އޮޑިޓަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮޑިޓަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރުން ދޭ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން؛
6. އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން؛
7. މިނޫންވެސް ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން އޮފީގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމުކުރުން؛ އަދި
8. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން؛
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު
- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.
- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.
ސުންގަޑި:
22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގެ ކުރިން
މަޤާމަށް އެދެންވީ ގޮތް:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
humanresources@maldivesbarcouncil.org
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.