ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
11 ފެބުރުވަރީ 2024
ނިމުން ތާރީޚް
22 ފެބުރުވަރީ 2024
މުސާރަ
ރުފިޔާ 13,125+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ބާވަތް
ފުލްޓައިމް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 13,125+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
ވަޒީފާގެ ތަފްސީލް

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

މަޤާމް:                     

ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

ލައިސެންސިންގ، ރެޖިސްޓްރޭޝަން، ޕަބްލިކް ނޮޓަރޯ ޕަރމިޓްސް، ލޯ ފަރމް އަދި ލީގަލް ރެޖިސްޓްރޭޝަން، އެޕްލޮއިމަންޓް އެންޑް ވެލްފެއަރ

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/13,125 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

-   މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

-   ދިވެހި ރައްޔިތެއް ކަމުގައިވުން؛

-   އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.   

މަޤާމުގެ މަސްއޫލިއްޔަތުތައް:

1.   ކަނޑައެޅިފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން އިންތިޒާމުކުރަންޖެހޭ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛

2.   މަސައްކަތުގެ ދާއިރާއާ ގުޅޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛

3.   މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނާތައް ރާވައި ހިންގާ ބެލެހެއްޓުން؛

4.   އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

5.   މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން؛

6.   މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން؛ އަދި

7.   ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1.   ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.

2.   މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).

3.   އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

4.   މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.

5.   ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.

6.   މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)

7.   ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 އިތުރު މަޢުލޫމާތު

-      މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

-      މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

-      މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

-      ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

-      މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގެ ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

humanresources@maldivesbarcouncil.org

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

 

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް
އެންމެ ދަށް ކޮލިފިކޭޝަން
ބަޗެލާރސް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • 1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  • 2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގު�
  • ޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
  • 3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • 4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  • 5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  • 6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފު�
  • ުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  • 7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ފުލްޓައިމް