ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
އިޢުލާނު
މަޤާމު:
ސޯޝަލް ސާރވިސް އޮފިސަރ، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓް
ބޭނުންވާ އަދަދު:
01
މަޤާމުގެ ގިންތި:
ވަގުތީ
މަޤާމުގެ ރޭންކު:
އެމް.އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން:
އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
މުސާރަ:
މަހަކު 6295.00 ރުފިޔާ
ސަރވިސް އެލަވަންސް:
މަހަކު 2000.00 ރުފިޔާ
ލިވިންގ އެލަވަންސް:
މަހަކު 3000.00 ރުފިޔާ
މުއްދަތު
ވަގުތީ
މުއްދަތު: ވަޒީފާ ލިބޭ ތާރީޚުން ފެށިގެން ގިނަވެގެން 01 އަހަރު ދުވަސް
އެހެނިހެން އެލަވަންސް:
މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/75ރ ދެވޭނެއެވެ.
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. އޮތޯރިޓީއަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކުރުން އަދި މޮނިޓަރކުރުން. އަދި ހަމަޖެހިފައިވާ އުޞޫލުން ރިކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
2. ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ގުޅުން ހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ އެ ބައްދަލުވުންތަކުގެ ރިކޯރޑް ބެލެހެއްޓުން.
3. ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖާބަދޭންޖެހޭ ދާއިރާތަކުން ދޭ ޚިދުމަތުގެ ފެންވަރު ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މޮނިޓަރކުރުން.
4. ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް ކަނޑައެޅުމާއި، އެފަދަ މަރުކަޒުތަކުން ދެވޭ ޚިދުމަތުގެ ފެންވަރުބަލައި، މޮނިޓަރކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
5. އޮތޯރިޓީއިން ގެވެށި އަނިޔާގެ މައްސަލަތަކުގައި އެއްކުރަންޖެހޭ ތަފާސް ހިސާބު އެއްކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމާއި ތަފާސް ހިސާބު އެއްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ސުޕަރވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން
6. ގެވެށި އަނިޔާގެ އަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި، އެފަދަ އަމަލުތައް ހިނގަމުންދާ ސަބަބާއި، ޒާތާއި، ވައްޓަފާޅިއާ ގުޅުންހުރި ދިރާސާތައް ތައްޔާރުކުރުމާއި މިފަދަ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.
7. އޮތޯރިޓީއިން ނެރޭ ރިޕޯޓްތަކާއި އެހެނިހެން "ޕަބްލިކޭޝަން" ތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން އަދި ރިޕޯޓު އެކުލަވާލުން.
8. ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަދި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި އެހީތެރިވުން.
9. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި އެހީތެރިވުން.
10. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
މަޤާމުގެ ޝަރުޠުތައް:
· ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ރިސާރޗް މެތަޑްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ޕޮލިސީ، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން، ނުވަތަ؛
· ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ރިސާރޗް މެތަޑްސް، ސޯޝަލް ޑިވެލޮޕްމަންޓް، ސޯޝަލް ޕޮލިސީ، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5) ހާސިލް ކުރުމާއެކު މަސައްކަތާއި ގުޅޭ ދާއިރާގެ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
· މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 26 ސެޕްޓެމްބަރ 2023 ގެ 13:30 ގެ ކުރިން hr@fpa.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
· ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
· މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
· އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
· މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
· މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.
· މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
· އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
· މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
· އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
o ފޯން: 3010551
o ފެކްސް: 3010552
o އީ-މެއިލް: info@fpa.gov.mv
o ވެބްސައިޓު: www.fpa.gov.mv
o ފޭސްބުކް: www.facebook.com/fpa.maldives