ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
މަޤާމް:
ސޮފްޓްވެއަރ ޑިވެލޮޕަރ/ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް
ކްލެސިފިކޭޝަން
ސީނިއަރ އޮފިސަރ / އެސިސްޓެންޓް މެނޭޖަރ
ވަޒީފާގެ ބާވަތް
ދާއިމީ
މަސައްކަތް ކުރަންޖެހޭ ތަން
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
މުސާރަ އާއި އެލަވަންސް
11,500/- ރުފިޔާ އާއި 16,000/-ރުފިޔާ އާ ދެމެދު
ޑެއިލީ އެލަވަންސް
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 100/- ރުފިޔާ
އތުރުގަޑީގެ ފައިސާ
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ބޭނުންވާ އަދަދު
01 (އެކެއް)
މަޤާމުގެ ޝަރުތު
ސީނިއަރ އޮފިސަރ
· ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ އޮތުން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އޮތުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
· ވެބް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން.
އެސިސްޓެންޓް މެނޭޖަރ
· ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ އޮތުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އޮތުމާއެކު، 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
· ވެބް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން.
މައިގަނޑު މަސްއޫލިއްޔަތުތައް:
ސޮފްޓްވެއަރ ޑިވެލޮޕްކުރުމާ ގުޅޭ މަސައްކަތްތައް
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑުތައް
މަސައްކަތާ ގުޅޭ ތައުލީމާއި ތަމްރީން 20
ތަޖުރިބާއާއި ހުނަރު 15
އިންޓަރވިއު 45
ޢަމަލީ ޓެސްޓް 20
ޖުމްލަ 100
އެޕްލިކޭޝަން ސުންގަޑި
22 ޑިސެންބަރު 2022 ގެ 11:00 ގެކުރިން
ހުށަހަޅަންޖެހޭ ލިޔުންތައް:
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް
އިތުރު މަޢުލޫމާތު
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
އެޕްލިކޭޝަން ހުށަހެޅުން
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް hr@cmda.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ވަޒީފާ ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.