ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
އިޢުލާނު ނަންބަރު: (IUL)483/1/2022/20
މަގާމު:
މީޑިއާ އޮފިސަރ
ބޭނުންވާ އަދަދު:
1 (އެކެއް)
ވަޒީފާގެ ބޭނުން:
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
މަޤާމުގެ ރޭންކް:
MS1
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މުސާރަ:
-/9،483ރ
އެހެނިހެން އެލްވަންސްތައް:
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
އެޑްވޮކަސީ އެންޑް އެވެއަރނަސް
މަޤާމުގެ ޝަރުތު:
1. މާސް ކޮމިއުނިކޭޝަން، މީޑިއާ އެންޑް ޖަރނަލިސްމް، މީޑިއާ ރިލޭޝަންސް، ޕަބްލިކް ރިލޭޝަންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
2. މާސް ކޮމިއުނިކޭޝަން، މީޑިއާ އެންޑް ޖަރނަލިސްމް، މީޑިއާ ރިލޭޝަންސް، ޕަބްލިކް ރިލޭޝަންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް
- މާސް ކޮމިއުނިކޭޝަން
- މީޑިއާ އެންޑް ޖަރނަލިސްމް
- މީޑިއާ ރިލޭޝަންސް
- ޕަބްލިކް ރިލޭޝަންސް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޖަރނަލިޒަމް
- ބިޒްނަސް މެނޭޖްމަންޓް
- މާކެޓިންގ
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
2. ސިއްރު ހިފެހެއްޓުން.
3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
4. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
5. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
6. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
7. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
8. ގްރެފިކްސް ޑިޒައިންގެ މަސައްކަތްތައް ކުރަން އެނގުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
1. މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އޮފީހާ މަތިކުރެވިފައިވާ އިންފޮމޭޝަން އޮފިސަރުގެ މަސްޢޫލިއްޔަތުތައް އަދާކުރުން.
2. މައުލޫމާތު ހޯދާލިބިގަތުމުގެ ޤާނޫނުގެ ދަށުން އޮފީހުގައި ގާއިމުކުރެވޭ މުރާޖައާ ކޮމިޓީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް.
3. އޮފީހުގެ ފަރާތުން މީޑިއާތަކާ ގުޅޭ ފޯކަލް ޕޮއިންޓްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް.
4. އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަދި އެކި އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު މީޑިއާގެ ފަރާތްތަކަށް ގަވާއިދުން ހިއްސާކޮށް، އޮފީހާ މީޑިއާ އާ އޮންނަ ގުޅުން ހަރުދަނާ ކުރުން.
5. އޮފީހުގެ މަސައްކަތްތަކާއި އިވެންޓްތަކާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު، ނޫސް ބަޔާން ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ޝާއިއު ކުރުމުގެ މަސައްކަތްތައް.
6. އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ވެބްސައިޓް އަދާހަމަކޮށް ބެލެހެއްޓުން.
7. އޮފީހުން ހިންގާ އެޑްވޮކަސީގެ ހަރަކާތްތަކާއި ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމުގައި ސެކްޝަންގެ އެހެން މުވައްޒަފުންނަށް އެހީތެރިވުން.
8. އޮފީހުގެ އެކި މަސައްކަތްތަކުގައި ބޭނުންކުރާނެ ގްރެފިކް ޑިޒައިންތައް ތައްޔާރުކުރުން.
9. އޮފީހުން އިންތިޒާމުކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ހާލަތްތަކުގައި ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1. ތަޢުލީމާ ތަމްރީން (%30)
2. މަސައްކަތުގެ ތަޖުރިބާ (%20)
3. އިންޓަވިއު/އިމްތިހާން (%50)
ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
3. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ސުންގަޑި:
މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 29 އޮގަސްޓު 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި hr@oco.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.
· އެޕްލިކޭޝަން ފޯމު
· ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
· ސީ.ވީ.
· ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
· ތަޖުރިބާއާގުޅޭ ލިޔުންތައް
ނޯޓް:
· މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
· މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
· އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
· އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
· އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
· އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.