ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
އެސިސްޓެންޓް މެނޭޖަރ، ޖޮބް ސެންޓަރ ހދ. ކުޅުދުއްފުށި
ބޭނުންވާ ޢަދަދު:
01 (އެކެއް)
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް
ވަޒީފާ ނިމޭ ތާރީޙް:
31 ޑިސެމްބަރ 2022
ވަޒީފާ އަދާކުރަންޖެހޭ ތަން:
ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
މަޤާމުގެ ޝަރުތުތައް:
ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން
މުސާރަ:
10،000.00 ރުފިޔާ
ސަރވިސް އެލަވަންސް:
5،500.00 ރުފިޔާ
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
· ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
· ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
· ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
· ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
· ޕޮލިސް ސެޓްފިކެޓް
· ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
· ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
ސުންގަޑި
02 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 15:00 އަށް
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ޑިސެމްބަރ 2021ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްhr@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.