ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.
ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.
· ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ މެޓީރިއަލްސްތައް ޖަރނަލިސްޓުން / އެޑިޓަރުން ބޭނުންވާ ގޮތަށް އަދި ލިބިފައި ހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަގަޅަށް އެޑިޓްކުރުން.
· އެޑިޓް ކުރެވުނު ވީޑިއޯގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބޭނުންވެއްޖެ ހާލަތެއްގައި ރިވިއުކޮށްދިނުން.
· އެޑިޓް ކުރެވުނު ވީޑިއޯ ވީ އެންމެ އަވަހަށް އޮންއެއަރ އަށާއި އެހެނިހެން ޕްލެޓްފޯމް ތަކަށް ފޮނުވުން.
· ޚަބަރާއި ޕްރޮގްރާމްތަކުގައި ބޭނުންކުރާ ރޯ މެޓީރިއަލްސްތައް، ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބުނާގޮތަށް އަރކައިވް ކުރުން.
· އެޑިޓްކުރާ ޚަބަރު، ރިޕޯޓް، ޑޮކިއުމެންޓްރީ އަދި ޕްރޮގްރާމްތައް ރަގަޅަށް ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބުނާގޮތަށް ލޭބަލްކޮށް އާކައިވް ކުރުން.
· ޚަބަރާއި ޕްރޮގްރާމްތައް އެޑިޓްކުރުމަށް ބޭނުންކުރާ ސިސްޓަމްތަކަށް އަޅާ، ޑޭޓާތައް އޮންނަ އުޞޫލެއްގެ ދަށުން ފޮހެމުން ގެންދިއުން.
· ލައިވްކުރާ އެކި އިވެންޓްތައް ލައިވް އިންޖަސްޓް ކުރާ ސިސްޓަމް އަށް، ޖަރނަލިސްޓުން / އެޑިޓަރުން ބުނާ ގަޑިއެއްގައި ރެކޯޑްކުރުމާއި ޤަވައިދުން އެސިސްޓަމްގެ ޖާގަ ހުސްކުރަމުން ގެންދިއުން.
· ޚަބަރާއި ޕްރޮގްރާމްތައް ފޮނުވާ އޮންއަރ ސިސްޓަމް ދުވަހުން ދުވަހަށް ފޮހެމުން ގެންދިއުން.
· އެކި ފަރާތްތަކުން ރިކޯޑް ކުރުމަށް އަންނަ ކޮންޓެންޓް ރެކޯޑް ކޮށް ދިނުން.
· އެޑިޓުކުރެވުނު ޕްރޮގްރާމް ނުވަތަ ޕްރޮޖެކްޓް ޓޭޕްއަށް ރިކޯޑުކުރަން ފެށުމުގެ ކުރިން (ވީޑިއޯ/އޯޑިއޯ ސިގްނަލް) ހުންނަންޖެހޭ ލެވެލްގަތޯ ބަލާ ޗެކްކުރުން.
· މީގެ އިތުރުންވެސް ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަކާއި ޙާއްސަ ހާލަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.