All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި ޢިނާޔަތްތައް ތިރީގައި އެވަނީއެވެ.
މަޤާމް:
އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ ޢަދަދު:
1 (އެކެއް)
މަޤާމުގެ ގިންތި:
ވަގުތީ
ބޭނުންވާ މުއްދަތު:
ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 24 ނޮވެންބަރު 2023 ގެ ނިޔަލަށް
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ
އަސާސީ މުސާރަ:
-/5،610 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ
- ފޯނު އެލަވަންސް: -/150 ރުފިޔާ
މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޕްރޮފެޝަނަލްކަމާއެކު ޖަވާބުދާރީވުން؛
- ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް އަޑުއަހައި ހައްލުކޮށްދިނުމުގެ މަސައްކަތް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން؛
- ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ވެރިއެއްގެ މަޝްވަރާގެ މަތިން ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން؛
- ސްޓޮކަށް ގެނެވޭ ތަކެތި ސެކްޝަނަށް ބަލައިގަތުމާއި، ސްޓޮކަށް ވެއްދުމާއި ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކް ރަޖިސްޓަރީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން؛
- އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ސުޕަވައިޒްކޮށް ބެލެހެއްޓުން؛
- ބާ ކައުންސިލުގެ ޔައުމިއްޔާ ލިޔުމާއި، އިދާރީ ކަންކަމާގުޅޭގޮތުން އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުމާއި، ބާ ކައުންސިލަށް ލިބޭ އިލެކްޓްރޯނިކް މެއިލްތައް ބަލައިގަނެ ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުން.
- އޮފީހުގެ ގިނަ ދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަރުޝީފު ކުރުމާއި ނައްތާލުމުގެ މަސައްކަތް ކުރުން؛
- ބާ ކައުންސިލުގެ އެހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛
- ބާ ކައުންސިލުން ބައިވެރިވާ/ އިންތިޒާމްކުރާ ޖަލްސާތަކާއި ދަތުރުތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން؛
- އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ޑިޕާޓްމަންޓް ހެޑް އަންގަވާ ގޮތެއްގެ މަތިން ހަމަޖެއްސުން؛ އަދި
- ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢޫލާމާތު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
humanresources@maldivesbarcouncil.org
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.