ނަންބަރު:IUMH-AD/I/2022/44
އައިޔޫއެމް ކެންޓީންގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް ތިރީގައިވާ މަޤާމްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމު:
އެސިސްޓަންޓް ކުކް
އަދަދު: 1
މުސާރަ:
· އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
· ސަރވިސް އެލަވަންސް: މަހަކު 1400.00 ރުފިޔާ
· ކުކް އެލަވަންސް: މަހަކު 600.00 ރުފިޔާ
· ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ
· ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.
މަޤާމުގެ ޝަރްޠުތައް:
- ލިޔަންކިޔަން އެގުން
- އުމުރުން 18 އަހަރު ފުރިފައިވުން.
- މީރުކޮށް ކައްކަން އެނގޭ ކެއްކުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހެއް ކަމުގައިވުން.
- ހޮޓާ ނުވަތަ ކެފޭތަކުގައި ކެއްކުމުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކަސްޓަމަރުންނަށް ކެއުމާއި ސަޔާއި ހެދިކާ ތައްޔާރު ކުރުން.
- ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ކުރުން.
- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
- މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.
މަޤާމު:
ބަދިގެ އެހީތެރިޔާ
މުސާރަ:
· އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
· ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ
· ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 50.00 ރުފިޔާ
· ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ ޝަރްޠުތައް:
- ލިޔަންކިޔަން އެގުން
- އުމުރުން 18 އަހަރު ފުރިފައިވުން.
- މީރުކޮށް ކައްކަން އެނގޭ ކެއްކުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ މީހެއް ކަމުގައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކަސްޓަމަރުންނަށް ފަރިއްކޮޅުތައް ތައްޔާރު ކުރުމަށް ކައްކާއަށް އެހީތެރިވުން
- ކަސްޓަމަރުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށްޓަކައި ބަދިގެއާއި ކެންޓީންގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ބަދިގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗާއި، ސިންކާއި، އައިސްއަލަމާރި، އުނދުން ފަދަ މެޝިނަރީޒް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި މިފަދަ ކަންތައްތައް ކުރުން.
- ކެއްކުމަށް ބޭނުންވާ ތަކެތި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުން.
- މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.
މަޤާމު:
ކޭޝިއަރ
އަދަދު: 1
މުސާރަ:
· އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
· ސަރވިސް އެލަވަންސް: މަހަކު 1200.00 ރުފިޔާ
· ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ
މަޤާމުގެ ޝަރްޠުތައް:
- ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- އަދި މީގެ އިތުރުން އިންޓަވިއުގައި މިމަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
- ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
- މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
- ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކުރުން.
- ޑިއުޓީ ބަދަލުކުރުމުގައި ނުނިމިހުރި މަސައްކަތްތައް ޑިއުޓީއަށް އަންނަ މުވައްޒަފަށް ކިޔައިދީ ހޭންޑްއޯވަރ ދިނުން.
- ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.
- ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.
- ފައިސާއާބެހޭ ރަސީދުފޮތްތަކާއި، ލިޔުންތައް ތިޖޫރީގައި ރައްކާކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.
- ފައިސާގެ މުޢާމަލާތްތަކާބެހޭ ރިޕޯރޓްތައް ގަވާއިދުން ހެދުން.
- ފައިސާ އާއިބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
- މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމު:
ސުޕަރވައިޒަރ
އަދަދު: 1
މުސާރަ:
· އަސާސީ މުސާރަ: މަހަކު 6500.00 ރުފިޔާ
· ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 130.00 ރުފިޔާ
· ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ ޝަރްޠުތައް:
އޭލެވެލް ފެންވަރުނަމަ:
- މަތި ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
އޯލެވެލް ފެންވަރުނަމަ:
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން
- ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
- މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބަހައްޓާކަން ޔަޤީންކުރުން.
- ކެންޓީނަށް ބޭނުންވާ ތަކެތި ދުވަހުން ދުވަހަށް ހޯދުން.
- ކެންޓީނުގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެންމެ ފުރިހަމައަށްތޯ ބަލާ ސުޕަރވައިޒްކުރުން.
- ކެންޓީނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޯމަންސް އެނަލައިޒްކުރުން.
- ކެންޓީނު ހިންގުމަށް ދަތިތަކެއް ކުރިމަތިވަކަމުގައިވާނަމަ ވީ އެންމެ އަވަހަށް ކުންފުންޏަށް ހިއްސާ ކުރެއްވުމާއި، ދަތިތަށް ހައްލުކުރުން.
- ކެންޓީން ހިނގަމުންދާ ގޮތުގެ ޑެއިލީ އަޕްޑޭޓްސް ކުންފުންޏަށް ދިނުން.
- މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން.
ވަޒީފާ އަދާކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެންޓީން
ވަގުތު:
ހެނދުނު 7:00 އާއި ރޭގަނޑު 10:00 އާއި ދެމެދު 8 ގަޑިއިރު (ޝިފްޓް އުސޫލުން)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
· މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
· ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
· ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
· މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
· ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.
ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
1. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ ތަޖުރިބާއަށް މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)
- ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ ތިރީގައިމިވާ ލިންކް ބޭނުންކޮށްގެންނެވެ. ނުވަތަ ޖޮބް ސެންޓަރ މެދުވެރިކޮށްވެސް މިވަޒީފާއަށް އެޕްލައިކުރެވިދާނެއެވެ.
https://forms.gle/LsJBZgzymzeLqrXm7
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 8 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު 13:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.
30 މެއި 2022