All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
1. މަގާމް
އެސިސްޓެންޓް ޑިރެކްޓަރ
މަޤާމް ނަމްބަރު:
J-321881
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކް:
އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން:
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ޓްރޭޑް ފެސިލިޓޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މުސާރަ:
-/7035 ރުފިޔާ
ސަރވިސް އެލަވަންސް:
-/2000 ރުފިޔާ
އެހެނިހެން އެލެވަންސް:
1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28
ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމެޓްރިކްސް / އިކޮނޮމިކްސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަހި މާހައުލެއް އޮތް ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ސުޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން ސެކްޝަން، ޔުނިޓް އަދި މިނިސްޓްރީ އަށް އެހީތެރިކަން ފޯރުކޮށްދިނުން.
2. ދިވެހިރާއްޖެ ބައިވެރިވާ ބައިނަލް އަޤްވާމީ، ސަރަޙައްދީ އަދި ބައިލެޓްރަލް، ވިޔަފާރީގެ އެއްބަސްވުންތައް، ދިވެހިރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކަށް ނެގޯޝިއޭޓްކޮށް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމާއި، މިފަދަ އެއްބަސްވުންތަކަށް އަމަލު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި އެކި އެކި ޤައުމުތަކާއެކުސޮއިކުރުމަށް މަޝްވަރާކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަކުގެ މަޝްވަރާ މަރުހަލާގައި ޔުނިޓަށް އެހީތެރިވެ ދިނުމާއި، އެފަދަ އެއްބަސްވުން ތަކުގައި ސޮއިކުރެވި އަމަލުކުރަން ފެށުމާ ގުޅިގެން، އެ އެއްބަސްވުންތަކުގެ އެންމެ އެދެވޭ ފައިދާ، ދިވެހިރާއްޖެއަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
3. "ސާރކް އެގްރީމަންޓް އޮން ޓްރޭޑް އިން ސާރވިސަސް" އެއްބަސްވުމަށް އަމަލު ކުރުމުގެ ގޮތުން، ރާއްޖޭގެ ސަރވިސަސް ސެކްޓަރ ހުޅުވާލުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއެކު މަޝްވަރާކޮށް، ރާއްޖޭގެ ރިކުއެސްޓް އެންޑް އޮފަރސް ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
4. ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމަންޓް (ސަފްޓާ) ރާއްޖެއިން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމާއި، ސަފްޓާގެ ދަށުން، ކޮމިޓީ އޮން އިކޮނޮމިކް ކޯޕަރޭޝަން ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތައް ކުރުން.
5. ދިވެހިރާއްޖެއިން ސޮއިކުރުމަށް ގަސްދުކުރާ ބައިލެޓްރަލް އިންވެސްޓްމަންޓް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އެއްބަސްވުން ތަކުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ސެކްޝަން ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން. މި ފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުން، އެއްބަސްވުންތަކުގެ އެންމެ އެދެވޭ ފައިދާ، ދިވެހިރާއްޖެއަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
6. 2011 ވަނަ އަހަރު ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤަޢުމުތަކުގެ ލިސްޓުން އުނިވެގެން ދިޔުމުން، ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ލިބެމުންދާ އިނާޔަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެންދާނެ ގޮތްތަކާއި އަދި މިފަދަ އެހެން އިނާޔަތްތައް ލިބޭނެ ގޮތްތައް ދެނެގަނެ ދިރާސާކުރުން.
7. ޔުނިޓްގައި ޤާއިމުކުރެވިފައިވާ އިންޓަރނޭޝަނަލް ޑެސްކްގެ މަސައްކަތުގެ ތެރެއިން، މުވައްޒަފާ ހަވާލުކުރެވޭ ޑެސްކްގެ މަސައްކަތްތައް، ސެކްޝަން ހެޑް އަންގަވާ ގޮތެއްގެ މަތިން ކުރުމާއި ބެލެހެއްޓުން.
8. ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމުގެ އިތުރުން، ސެކްޝަން ހެޑަށް ސެކްޝަންގެ މަސައްކަތްތަކުގެ އަޕްޑޭޓް ޤަވާޢިދުން ދިނުން.
9. ޔުނިޓަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް، އެއްވެސް އެކްޝަނެއް ނަގަންޖެހޭނަމަ އެ އެކްޝަނެއް ނެގުން. އަދި ފައިލިންގ ގެ ކަންކަން ރަނގަޅަށް ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް:
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
· އެކައުންޓިންގ
· އެޕްލައިޑް މެތަމެޓިކްސް
· ބިޒްނަސް އެޑްމިނިސްޓްރޭޝަން
· ބިޒްނަސް މެނޭޖްމަންޓް
· އިކޮނޮމެޓްރިކްސް
· އިކޮނޮމިކްސް
· ފައިނޭންސް
· ހިޔުމަން ރިސޯސް މެނޭޖްމަންޓް
· ލޯ
· ސްޓެޓިސްޓިކްސް
ޕްރިފަރޑް ޑިސިޕްލިން: ނެތް
ކޯ ޑިސިޕްލިން: އިކޮނޮމެޓްރިކްސް / އިކޮނޮމިކްސް
ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
· އިކޮނޮމިކް ޑިވެލޮޕްމަންޓް
2. މަގާމް
ސީނިޔަރ ޕޮލިސީ އޮފިސަރ
މަޤާމް ނަމްބަރު:
J-321856
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކް:
އެމް.އެސް 3
މަޤާމުގެ ކްލެސިފިކޭޝަން:
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ޕްލޭނިންގ އެންޑް ޕޮލިސީ ކޯޑިނޭޝަން ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މުސާރަ:
-/7035 ރުފިޔާ
ސަރވިސް އެލަވަންސް:
-/2000 ރުފިޔާ
އެހެނިހެން އެލެވަންސް:
1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28
ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމެޓްރިކްސް / އިކޮނޮމިކްސް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ސަރުކާރުގެ އިކޮނޮމިކް ޕޮލިސީ ތައްޔާރުކުރުމަށް ބޭނުންވާ ތަފާސް ހިސާބް އެއްކުރުމާއި، ދިރާސާތައް ކުރުމާއި، ކަމާ ގުޅުންހުރި އެއްމެހައި ފަންނީ މަސައްކަތްތަކެއް ކުރުން.
2. ސަރުކާރުގެ އިކޮނޮމިކް ޕޮލިސީ ހެދުމުގައި ރައީސް އޮފީހާއި އެހެނިހެން ސްޓޭކްހޯލްޑަރސްއާ އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެންމެ ފުޅާ ދާއިރާއެއްގައި އިކޮނޮމިކް ޕޮލިސީ އެކުލަވާލުމަށް ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުމާއި ކަންކަން ބެލެހެއްޓުން
3. އިކޮނޮމިކް ޕޮލިސީތަކުގެ މައްސަލަތަކާ ގުޅޭ ސެމިނާތަކާއި ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބޭއްވުމާއި ބޭނުންވާ ކަރުދާސްތައް ތައްޔާރުކުރުމާއި އެކަމާ ގުޅުންހުރި އެންމެހައި ކަންކަންކުރުން
4. އިކޮނޮމިކް ޕޮލިސީ އެކުލަވާލުމަށް ބޭނުންވާ ތަފާސް ހިސާބު އެއްކުރުމާއި، ދިރާސާތައް ހެދުމުގައި ކަމާއި ގުޅުންހުރި ސެކްޝަންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ފަންނީ މަސައްކަތްތަކެއް ކުރުން
5. އެކްސްޕޯޓް ޕްރޮމޯޝަން ކައުންސިލްގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، އެ ކައުންސިލްގައި މަޝްވަރާކުރެވޭ ކަމަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކުރަންޖެހޭ ކޯޑިނޭޝަންގެ މަސައްކަތްތައް ކުރުމާއި، ހަދަންޖެހޭ ފޮލޯއަޕްތައް ހެދުމާއި، ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި ފަންނީ އެއްމެހައި މަސައްކަތްތައް ކުރުން
6. ބިޒްނަސް ކައުންސިލްގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، އެ ކައުންސިލްގައި މަޝްވަރާކުރެވޭ ކަމަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކުރަންޖެހޭ ކޯޑިނޭޝަންގެ މަސައްކަތްތައް ކުރުމާއި، ހަދަންޖެހޭ ފޮލޯއަޕްތައް ހެދުމާއި، ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި ފަންނީ އެއްމެހައި މަސައްކަތްތަކެއް ކުރުން
7. އެސްއެމްއީ ކައުންސިލްގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، އެ ކައުންސިލްގައި މަޝްވަރާކުރެވޭ ކަމަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކުރަންޖެހޭ ކޯޑިނޭޝަންގެ މަސައްކަތްތައް ކުރުމާއި، ހަދަންޖެހޭ ފޮލޯއަޕްތައް ހެދުމާއި، ތައްޔާރުކުރަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމާއި ފަންނީ އެއްމެހައި މަސައްކަތްތަކެއް ކުރުން
މަޤާމުގެ ޝަރުޠުތައް:
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
· އެކައުންޓިންގ
· އެޕްލައިޑް މެތަމެޓިކްސް
· ބިޒްނަސް އެޑްމިނިސްޓްރޭޝަން
· ބިޒްނަސް މެނޭޖްމަންޓް
· އިކޮނޮމެޓްރިކްސް
· އިކޮނޮމިކްސް
· ފައިނޭންސް
· ހިޔުމަން ރިސޯސް މެނޭޖްމަންޓް
· ލޯ
· ސްޓެޓިސްޓިކްސް
ޕްރިފަރޑް ޑިސިޕްލިން: ނެތް
ކޯ ޑިސިޕްލިން: އިކޮނޮމެޓްރިކްސް / އިކޮނޮމިކްސް
ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
· އިކޮނޮމިކް ޑިވެލޮޕްމަންޓް
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މެއި 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ recruitment@trade.gov.mv އަށް އީ-މެއިލް ކުރުން އެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9603323668+ އަށެވެ. އީމެއިލް ކުރާނީ recruitment@trade.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51އިން ލިބެން ހުންނާނެއެވެ.
(09 ޝައްވާލް 1443)
(10 މެއި 2022)