All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމުގެ ޝަރުތު
ޕަބްލިކް ރިލޭޝަންސް / ސޯޝަލް މީޑިއާ މެނޭޖްމަންޓް/ ޑިޖިޓަލް މާކެޓިންގ/ ބްރޭންޑިންގ އެންޑް މާސް ކޮމިޔުނިކޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު މީޑިއާ /ޕަބްލިކް ރިލޭޝަންސްއާ ގުޅޭ މަގާމެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ޕަބްލިކް ރިލޭޝަންސް / ސޯޝަލް މީޑިއާ މެނޭޖްމަންޓް/ ޑިޖިޓަލް މާކެޓިންގ/ ބްރޭންޑިންގ އެންޑް މާސް ކޮމިޔުނިކޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މީޑިއާ /ޕަޕްލިކް ރިލޭޝަންސްއާ ގުޅޭ މަގާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މައިގަނޑު މަސައްކަތާއި
ޒިންމާތައް
1. އެންގޭޖްމަންޓާއި ބްރޭންޑް އެވެއަރނަސް އިތުރުކުރުމަށް ސޯޝަލް މީޑިއާ ކެމްޕޭންތަކާއި ކޮންޓެސްޓްތަކާއި ޕްރޮމޯޝަންތައް ޕްލޭންކޮށް ތަންފީޒުކުރުން.
2. ހުރިހާ ޗެނަލްތަކާއި ޓަޗްޕޮއިންޓްތަކުގައި އެއްގޮތަކަށް ބްރޭންޑް ބޭނުންކުރެވޭކަން ކަށަވަރުކުރުމަށް ބްރޭންޑް ގައިޑްލައިންތައް ތަންފީޒުކުރުން.
3. ސޯޝަލް މީޑިއާއާއި ވެބްސައިޓަށް ބޭނުންވާ ލިޔުންތަކާއި، ކެޕްޝަންތަކާއި، ނޫސްބަޔާންތައް ލިޔެ ތައްޔާރުކުރުން.
4. އޮތޯރިޓީން ބާއްވާ މީޑިއާއި އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، ޚަބަރު ފަތުރާ ވަޞީލަތްތަކަށް ފޮނުވުމާއި އޮތޯރިޓީގެ ވެބްސައިޓު އަދި އޮތޯރިޓީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާޢިއުކުރުން
5. ޚަބަރު ފަތުރާ ވަޞީލަތްތަކުން ކެޕިޓަލް މާރކެޓާއި ގުޅޭ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން.
6. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި (ފޭސްބުކް، އިންސްޓަގްރާމް، ލިންކްޑްއިން، ޓިކްޓޮކް، އަދި އެހެނިހެން) ގަވާއިދުން އަޕްޑޭޓްކުރުން.
7. ސޯޝަލް މީޑިއާގެ ޕާފޯމަންސްއާ ބެހޭ ގޮތުން މަހުން މަހަށް ރިޕޯޓްތައް ތައްޔާރުކޮށް، ޑޭޓާއަށް ބިނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ފިޔަވަޅު އެޅުން
8. ނޫސްބަޔާން، އިންޓަވިއު އަދި ޓީވީ/ރޭޑިއޯގައި ބައިވެރިވުމަށް ރާއްޖެއާއި ބޭރުގެ މީޑިއާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުން.
9. މީޑިއާގެ ސުވާލުތަކަށް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތް ކަނޑައަޅައި ހަމަޖެއްސުމާއި، އިންޓަވިއުތައް އިންތިޒާމްކޮށް އަދި މީޑިއާގެ ލޮޖިސްޓިކްސް ބެލެހެއްޓުން.
10. މީޑިއާގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
11. ސީއެމްޑީއޭގެ ކޯޕަރޭޓް އިވެންޓްތައް ވިލަރެސްކޮށް، ޓީމްތަކަށް އިވެންޓް މެނޭޖްމަންޓްގެ އެހީތެރިކަން ފޯރުކޮށްދިނުން.
12. އޮތޯރިޓީއިން ހިންގާ އިވެންޓްތަކާއި ޙަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުން
13. ކްރައިސިސް ކޮމިއުނިކޭޝަން ސްޓްރެޓެޖީތައް އެކުލަވާލުމާއި އަޕްޑޭޓްކުރުން.
ޕޮއިންޓް ދޭނެ މިންގަނޑުތައް
- ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ (20%
- ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ (20%
- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ (40%)
- ޕްރެކްޓިކަލް އެސެސްމަންޓް )ކަނޑައެޅިފައިވާ އިންސައްތަ( 20%